A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ މާލީ ރިޕޯޓް އާއްމުކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލްގެ މާލީ ރިޕޯޓް 2021 އޮގަސްޓް

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ މާލީ ހިސާބުތައް އާއްމުކޮށްފިއެވެ. ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ހިސާބު ކުރެވުނު، މާލީ ހިސާބުތައް ދައްކާގޮތުގައި މުޅިއެކު ސިޓީ ކައުންސިލަށް ލިބުނު އާމްދަނީއަށްވުރެ 4 ލައްކަ 50 ހާސް ރުފިޔާ އިތުރަށް ޚަރަދުކުރެވިފައި ވެއެވެ.

ސިޓީ ކައުންސިލުން އާއްމުކުރި އަދަދުތަކަށް ބަލާއިރު އާމްދަނީއަށް ލިބިފައިވަނީ 3.27 މިލިޔަން ރުފިޔާއެވެ. ނަމަވެސް 27.40 މިލިޔަން ރުފިޔާގެ ޚަރަދު މި މުއްދަތުގެ ތެރޭގައި ހިނގާފައި ވެއެވެ. މި މުއްދަތުގައި ދައުލަތުން ދޭ އެހީގެ ގޮތުގައި ލިބިފައިވަނީ 26.95 މިލިޔަން ރުފިޔާއެވެ. ވުމާއެކު ޚަރަދުތައް ހިނގާފައިވަނީ 0.45 މިލިޔަން ރުފިޔާ އިތުރަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މާލީ ހިސާބު 2021 އޮގަސްޓް އަށް

އޯޑިޓް ކުރެވިފައިނުވާ މިއަދަދުތަކުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ މުސާރައިގެ ގޮތުގައެވެ. އެގޮތުން މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 2.3 މިލިޔަން ރުފިޔާ ޚަރަދު ވެއެވެ. މުސާރައިގެ އިތުރުން ރިކަރެންޓް ޚަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރެވެނީ ކަރަންޓް ބިލަށެވެ. ކަރަންޓް ބިލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 4 ލައްކަ ރުފިޔާ ޚަރަދު ވެއެވެ.

ފާއިތުވި 8 މަސްދުވަހު ހިންގި ޕްރޮޖެޓްތަކުގެ ތެރެއިން ކައުންސިލް ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ:

އިންޑޯ ބެޑްމިންޓަން ހޯލު ހިމާރާތް ކުރުމަށް (1.035މިލިޔަން) 1 މިލިޔަން 35 ހާސް ރުފިޔާ

ކައުންސިލް އިދާރާގެ އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމަށް (1.198މިލިޔަން) 1 މިލިޔަން 198 ހާސް ރުފިޔާ

އެހެންހެން ޚަރަތުތަކަށް (1.111މިލިޔަން) 1 މިލިޔަން 111 ހާސް ރުފިޔާ އެވެ.

މީގެ އިތުރުން އާއްމުންގެ ތަކެއްޗަށް ބަދަލުދިނުމުގެ ގޮތުން 6 ލައްކަ 54 ހާސް ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ބަޖެޓްެ ނިސްބަތުން ޚަރަދު ކުރެވިފައިވާ ގޮތް 2021 އޮގަސްޓް

މުޅި ބަޖެޓް (27,399,057 ރުފިޔާ) ގެ %82 އަކީ ރިކަރެންޓް ޚަރަދެވެ. އަދި ޕްރޮޖެޓްތަކަށް ބޭނުން ކުރެވުނީ އެންމެ %18 އެވެ. ރަށްރަށުގައި ހިންގާ ބޮޑެތި ޕްރޮޖެޓްތަކަށް ޚަރަދު ކުރަނީ ކައުންސިލްގެ ބަޖެޓަކުން ނޫނެވެ. އެއީ ދައުލަތުގެ ބަޖެޓުން އެއަތޮޅެއް ނުވަތަ ސިޓީއެއްގެ ތަރައްގީއަށް ޕީއެސްއައިޕީ ގެ ދަށުން ޚަރަދުކުރާ ކަންކަމެވެ.

އެގޮތުން މިބަޖެޓްގައި ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ ބޮޑެތި މަސައްކަތްތަކުގެ ޚަރަދުތައް ހިމެނިފައެއް ނުވާނެއެވެ. އެގޮތުން މަގުހެދުމުގެ ޕްރޮޖެކްޓާއި، އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓާއި ލިލީ މިސްކިތް އެޅުމުގެ ޕްރޮޖެކްޓާއި ސްކޫލްތަކުގެ ކްލާސްރޫމާއި ލެބްތައް އަދި މަލްޓިޕާޕާސް ހޯލުތައް ހެދުން ފަދަ ކަންކަން މިބަޖެޓް ތެރެއަކު ނުހިމެނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 3.274 މިލިޔަން ރުފިޔާގެ އިތުރުން ގިނަ އދަދެއްގެ ފައިސާ ކުލީގެ ގޮތުގައި ނުލިބި އެބަހުއްޓެވެ. އަދި އެފައިސާ ހޯދުމުގެ މަސައްކަތް އާ ކައުންސިލުން ވަނީ ކުރަން ފަށާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !