A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ފުރަތަމަ 3 މަހުގެ ފުވައްމުލައް ސިޓީ ކައުންސިލުގެ އާމްދަނީއަކީ 14.6 މިލިޔަން ރުފިޔާ

ފުވައްމުލައް ސިޓީ ކައުންސިލް 2023 ފުރަތަމަ މަހުގެ މާލީ ހިސާބުތައ

މިއަހަރު (2023) ގެ ފުރަތަމަ 3 މަސް ދުވަހުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ މާލީ ހިސާބުތައް އާއްމުކޮށްފިއެވެ. ޖެނުއަރީ އިން މާރިޗު މަހުގެ ނިޔަލަށް ހިސާބު ކުރެވުނު، މާލީ ހިސާބުތައް ދައްކާގޮތުގައި މުޅިއެކު ސިޓީ ކައުންސިލަށް ލިބިފައި ވަނީ 14،588،972 (ސާދަ މިލިޔަން ފައްސަތޭކަ އަށްޑިހައަށް ހާސް ނުވަސަތޭކަ ބާހައްތަރި) ރުފިޔާއެވެ. އެއީ ސިޓީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު 1.8 މިލިޔަން އާއި ދައުލަތުގެ އެހީގެ ގޮތުގައި ލިބުނު 12.8 މިލިޔަން ރުފިޔާއެވެ.

މިއީ 2021 ވަނަ އަހަރުގެ ފުރަތަމަ 3 މަހުގެ ޖުމުލަ އާމްދަނީ އާއި އަޅާ ބަލާއިރު 4.7 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

ދެހާސް ތޭވީސް ވަނަ އހަރުގެ ފުރަތަމަ 3 މަހުގެ ޚަރަދު ކުރެވިފައި ވަނީ 12،635،921 (ބާރަ މިލިޔަން ހަސަތޭކެ ފަންސަތިރީސް ހާސް ނުވަސަތޭކަ އެކާވީސް ރުފިޔާއެވެ. ވުމާއެކު އަހަރުގެ ފުރަތަމަ 3 މަހުން ސިޓީ ކައުންސިލްގެ އަރަނި ހުރީ 1.95 މިލިޔަނުގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލް 2023 ފުރަތަމަ މަހުގެ މާލީ ހިސާބުތައް

މިކަލް ނޫހަށް ލިބިފައިވާ 2021 ވަނަ އަހަރުގެ ފުރަތަަމަ 3 މަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި ފުވައްމުލައް ސިޓީ ކައުންސިލުން ހިނގާފައި ވަނީ 7.5 މިލިޔަން ރުފިޔާގެ ޚަރަދެވެ. އެއީ 9.9 މިލިޔަން ރުފިޔާގެ އާމްދަނީއަކުންނެވެ. ވުމާއެކު އެ އަހަރު އަރަނީގެ ގޮތުގައި ފުރަތަމަ 3 މަހުގެ އަރަންޏަކީ 2.4 މިލިޔަން ރުފިޔާއެވެ. މިއީ މި އަހަރުގެ ފުރަތަމަ 3 މަހުގެ އަރަންޏަށް ވުރެ ކުޑަ އަދަދެކެވެ.

އޯޑިޓް ކުރެވިފައިނުވާ މި ހިސާބުތަކުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ މުސާރައިގެ ގޮތުގައެވެ. އެގޮތުން މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 2.76 މިލަިޔަން (2021 ވަނަ އަހަރު 2.3 މިލިޔަން) ރުފިޔާ ޚަރަދު ވެއެވެ. މުސާރައިގެ އިތުރުން ރިކަރެންޓް ޚަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް މިއަހަރުގެ ފުރަތަމަ 3 މަހުގައި ކުރެވިފައި ވަނީ މިސްކިތްތަކުގެ މަރާމާތަށެވެ. މިއީ މި އަހަރުގެ ރަމަޟާން މަސް އަހަރުގެ ކުރީ ކޮޅާއި ދިމާވުމުން މިސްކިތްތަކުގެ މާރާމާތައް ބޮޑު ހޭދަތަކެއް ކޮށްފައި ވުމުން ކަމުގައި ބެލެވެއެވެ. މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގައި ވެސް ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކަރަންޓް ބިލަށެވެ.

ނަމަވެސް ކަރަންޓް ބިލަށް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ކުރެވިފައިވާ ޚަރަދުތައް ނިސްބަތުން ކުޑަކަމަށް ދައްކައެވެ. އެއީ އެވްރެޖްކޮށް މަހަކަށް 3.37 ލައްކަ ރުފިޔާއެވެ. އެއީ 2021 ވަނަ އަހަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް 4 ލައްކަ ރުފިޔާ ކަރަންޓަށް ޚަރަދު ވެފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް 2023 ފުރަތަމަ މަހުގެ މާލީ ހިސާބުތައް

ފާއިތުވި 3 މަސް ދުވަހު ހިންގި ޚަރަދުތައް

މުވައްޒަފުންގެ ޚަރަދު –  8.28 މިލިޔަން

މިސްކިތް މަރާމާތު –  1.26 މިލިޔަން

ކަރަންޓް –   1.01 މިލިޔަން

ކުޅިވަރު މުބާރާތްތަކަށް – 0.524 މިލިޔަން

ސެކިއުރިޓީ – 0.23 މިލިޔަން

އެހެނިހެން – 1.088 މިލިޔަން

ބަޖެޓްެ ނިސްބަތުން ޚަރަދު ކުރެވިފައިވާ ގޮތް 2021 އޮގަސްޓް

ފުަރަތަމަ 3 މަހުގެ ޖުމުލަ އާމްދަނީގެ (14,588,972 ރުފިޔާ) ގެ %86.6 އަކީ ރިކަރެންޓް ޚަރަދެވެ. ބާކީ އެހިނެހެން ކަންކަމަށް ބޭނުން ކުރެވުނީ ހުރީ އެންމެ %13.4 އެވެ.

ރަށްރަށުގައި ހިންގާ ބޮޑެތި ޕްރޮޖެޓްތަކަށް ޚަރަދު ކުރަނީ ކައުންސިލްގެ ބަޖެޓަކުން ނޫނެވެ. އެއީ ދައުލަތުގެ ބަޖެޓުން އެ އަތޮޅެއް ނުވަތަ ސިޓީއެއްގެ ތަރައްގީއަށް ޕީއެސްއައިޕީ ގެ ދަށުން ޚަރަދުކުރާ ކަންކަމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !