ވިޕްލައިނާއި ޚިލާފުވުމުގެ ސަބަބުން ފުވައްމުލަކު އުތުރު މެންބަރު ދޮންބެއަށް ފިޔަވަޅު އަޅައިފި

Share on facebook
Share on twitter
Share on google

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ޚިލާފުވުމުގެ ސަބަބުން ފުވައްމުލަކު އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) އަށް އިއްޔެ ފިޔަވަޅު އަޅައިފިއެވެ. މިމައްސަލާގައި ދޮންބެގެ އިތުރުން އިތުރު 4 މެންބަރަކަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެއީ؛

އާދަމް އަލީ – މާފަންނު ދެކުނު ދާއިރާގެ މެމްބަރު

އަބްދުﷲ ސަނީފް – ތިނަދޫ ދެކުނު

ހަސަން އަފީފް – ވިލުފުށި ދާއިރާ

އަބްދުﷲ ޝަހީމް އަބްދުލްހަކީމް – ކަނޑިތީމު ދާއިރާ

އެމްޑީޕީގެ ތްރީލައިން ވިޕާއި ޚިލާފުވި 5 މެންބަރުންނަށް އަޅާފައިވާ ފިޔަވަޅަކީ ނަސޭހަތްދިނުމެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ތްރީ ލައިން ވިޕް އެމްޑީޕީގެ ޕީޖީން ނެރެ މަޖިލީހުން ފާސްކުރީ، އޭނާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން އަނބުރާ ފޮނުވާލަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުން ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ. ތަކުރާރުކޮށް ވިޕްލައިނާއި ޚިލާފުވާނަމަ އަޅާ ފިޔަވަޅުތަކަކީ؛

  • ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން،
  • ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ،
  • ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން،
  • ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.
No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments