31 މެއި 2020 ( އާދީއްތަ )

banner

ފުވައްމުލަކުގައި ދިރިއުޅޭ ބަންގްލާދޭޝް މީހުނާއި އެމްބަސީން ބައްދަލުކުރުން

އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީން ނަން ނޯޓުކުރުމަށް ފވމ ސިޓީ ކައުންސިލުން ހުޅުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީން ނަންނޯޓު ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ހުޅުުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން އެެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތައް ފޮނުވާ ދިނުމުގެ މަސައްކަތް ދިވެހި ސަރުކާރާއި އެގައުމުތަކުގެ ސަރުކާރު ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކުން 5 ޖޫން ވާ ހުކުރު ދުވަހުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށް ގުޅައިގެން ނަން ނޯޓުކުރުމަށް އެދިފައި ވެއެވެ.

އަދި ގައުމަށް ދާން ބޭނުންވާ ބިދޭސީން ގެންގުޅޭ ފަރާތްތަކުން މިކަމުގައި އެހީތެރިވެ ދިނުމަށް ވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި އެދިފައި ވެއެވެ.

ސިޓީ ކައުންސިލްގެ މި އިއުލާނަށް ފާޑުކިޔަމުން ސޮޗަލް މީޑިއާގައި މީހަކު ބުނެފައިވަނީ ގައުމަށް ދާން ބޭނުން ނުވިޔަސް އެމީހުން ފޮނުވާލަންވީ ކަމަށާއި، ތީގައި ގިނައީ ސައްޙަނޫން ގޮތްގޮތަށް (ވަގަށް) އައިސްގެން އުޅޭ މީހުންކަމަށެވެ.

އެހެންމީހަކު ބުނެފައިވާ ގޮތުގައި ފުވައްމުލަކުއި ގިނައިން އުޅެނީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުންކަމަށާއި އެމީހުން އަމިއްލަޔަށް ތި ދަފުތަރުގައި ޖައްސައިގެން ގައުމަށް ދާން ބޭނުން ނުވާނެކަމަށާއި، އެގޮޮތަށް އުޅޭ މީހުން ގިނަބަޔަކަށް އެނގޭ ކަމަށާއި ނަން ނޯޓު ނުކުރިޔަސް އެމީހުން ފޮނުވާލަން ވީކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލކުގައި ދިރިއުޅޭ އިންދިއާ މީހުންގެތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވާ މީހުންގެ ނަން ނޯޓުކުރަމަށް ވެސް ހުޅުވާލިއެވެ. އެގޮތުްނ އެއްވެސް މީހަކު ރަށުން ފުރުވާލިކަން އެނގޭކަށް ނެތެވެ.

ކޮވިޑް-19 އައުމުގެ ކުރިން ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔައެވެ. ގިނަ އަދަދެއްގެ ބިދޭސީންނާއެކު ކުރުނދުމާ މާލަމުގައި ބައްދަލުވުން ވެސް ބަންގްލާދޭޝް އެމްބަސީން ބޭއްވިއެވެ. ނަމަވެސް ފުވައްމުލަކުގައި މުޅިއެކު ދިރިއުޅެނީ ކިތައް ބިދޭސީން ކަމެއް އަދި ގަވާއިދާއި ޚިލާފަށް އުޅެނީ އެއިގެތެރެިން ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ވެސް ފުރުސަތު ދީފައި ވެއެވެ. އަދި އެގޮތުން ގަވާއިދުގެ ތެރެއަށް ވެއްދުނީ ކިތައް މީހުން ހާކުރިކަން އެނގިފައެއް ނުވެއެވެ.

މިއަދުގެ އިއުލާނާއި ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ފުވައްމުލަކުގެ މީހަކު ބުނެފައި ވަނީ ސިޓީ ކައުންސިލުން ބިދޭސީންގެ ދަފުތަރެއް އެކުލަވާލިކަމާއި މެދުވެސް ޝައްކު އުފެދިއްޖެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އަނބުރާ ގައުމަށް ފޮނުވަނީ އެގޮތަށް ދާން މިވަގުތު ބޭނުންވާ މީހުނެވެ. މިއީ ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ގަދަކަމުން އަނބުރާ ގައުމަށް ފޮނުވުމަށް މަސައްކަތް ކުރާ ޕްރޮގްރާމެއް ނޫނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެނީ ގިނައިން ބަންގްލާދޭޝް އާދައިގެ މަސައްކަތު މީހުންނެވެ. އެމީހުން އެތެރެވުމުގައި ދިވެހިންގެ ބަޔަކުވެސް އިހުމާލުވެފައިވާކަން ވަނީ ކަމާއިބެހޭ ފަރާތްތަކަށް ފާހަގަ ކުރެވި މައްސަލަ ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

ބިދޭސީއަކަށް ގައުމަކަށް އެތެރެވެވެނީ ގާވާއިދުތަކެއްގެ ތެރެއިންނެވެ. ގައުމެއްގެ އެތެރެވެފައި ހުރި މީހަކު އެމީހެއްގެ ނުރުހުމުގައި ގަދަކަމުން އެގައުމަކުން ބޭރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދެން ޖެހޭނީ އެމީހަކު ބަންދުކޮށްގެން ގެންގުޅޭށެވެ. އެގޮތުން ބަންދުކުރަން ޖެހޭ މީހުންގެ އަދަދު ގިނަކަމުން ދިވެހި ސަރުކާރަށް އެމީހުން ބެލެހެއްޓުމަކީ ފަސޭހަަކަމަށް ނުވެއެވެ.

ކޮވިޑް-19 ގެ މައުލޫމާތު ބަންގްލާދޭޝް މީހުނަނަށް ދިނުމަށް ބޭއްވި ބައްދަލުވުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް



ކިޔުންތެރިންގެ ޚިޔާލު