A wide advertisement which will be shown on all devices. (700 x 100)

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ފުވައްމުލަކަށް ވަޑައިގަންނަ ވަނީ

ޑރ. ބިލާލު ފިިލިޕްސްގެ ޚާއްސަ ދަރުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ޏ.އޭއީސީ ހޯލުގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް އަންނަ ހުކުރުގައި (ޖުލައި 14) ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. ބިލާލު ފިލިޕްސް ފުވައްމުލަކަށް ވަޑައިގަންނަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގެވުމަށް ކަމަށް އެކަން އިންތިޒާމުކުރާ ގާޑިއަން އެސޯސިއާއޭޝަން ވިދާޅުވިއެވެ.

ޑރ. ބިލާލު ފިލިޕްސްގެ މިދަތުރުފުޅުގައި މިއަންނަށް ހަފްތާގައި ފުވައްމުލައް ސިޓީގެ ޓީޗަރުންނަށް އަމާޒުކޮށްގެން “އިސްލާމައިޒޭޝަން އޮފް އެޑިއުކޭޝަން” ގެ ވޯކްޝޮޕެއް ފުވައްމުލަކު ޓީއާރުސީ (ހޭޒް) ގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

މިއަންނަ ހަފްތާ ތެރޭގައި އާންމު ދަރުސެއް ވެސް، ޏ.އޭއީސީ ހޯލުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިދަރުސު ދެއްވާނީ “ހޫ އިޒް ޔޯއަރ ލޯޑް” ސުރުޚީއަށެވެ. މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެފަރާތުން އެދެއެވެ.

މިދުވަސްވަރު ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ދަތުރުގެ ބައި އިންތިޒާމު ކުރުމުގެ އެންމެހާ ކަންތައްތައް ކުރިޔަށް ގެންދަނީ ގާޑިއަން އެސޯސިއޭޝަނުގެ ފަރާތުންނެވެ.

ފަހަކަށް އައިސް ފުވައްމުލަކުގައި ހިންގާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތައް ފެނިގެންދަނީ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ގާޑިއަން އެސޯސިއޭޝަންގެ ފަރާތުން އެކަންޏެވެ. އެފަރާތުން ދެކޭ ގޮތުގައި ފުވައްމުލަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ފަރާތްތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެހެން ނޫންނަމަ މިމުޖުތަމިއު ގެއްލުމާއި ހަލާކުގެ ތެރެއަށް ގޮސް ހުސްވެދާނެ ކަމުގެ ބިރު އެބައޮތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !