19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

އޯކިޑް ރޭސްޓޯރެންޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ..

އޯކިޑް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިގައިފި

ފުވައްމުލަކު މާލެގަމް އަވަށުގައި ހުންނަށް އޯކިޑް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

ރޭ ހިނގި މި ހާދިސާގައި އެ ރަސްޓޯރެންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ.

މި ހަދިސާ އާއި ގުޅޭގޮތުން،އޯކިޑް ރެސްޓޯރެންޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފައިޒް، މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި ހާދިސާގައި، ހަމައެކަނި ތަނުގައި ހުރި ސާމާނަށް ބެލިކަމުގައި ވިޔަސް 3 ލައްކަ ރުފިޔާ އާއި ގާތްކުރާ ވަރުގެ ގެއްލުމެއް ލިބިފައި ވާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ފާއިޒް ވިދާޅުވި ގޮތުގައި މި ހަދިސާ ހިގަން މެދުވެރިވީ ކަރަންޓް ޝޯޓެއް ވެގެންކަމަށް ޤަބޫލްކުރައްވަން ދަތި ކަމަށެވެ.

“ހަމަ ސީދާ ދައްނަވާކަށް ނޭގޭ! ބޮޑަށް ލަފާ ކުރެވެނީ ބަޔަކު ގަސްދުގައި ކުރިކަމަކަށް، ކަރަންޓް ޝޯޓެއްގެ ސަބަބުން ހިގި ކަމެކޭ ދެއްނެވޭނެ ޖާގައެއް ނެތް ” ފާއިޒް ވިދާޅުވިއެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުޤީގު ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު