17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު ރައްޔިތުންގެ ހުވަފެން ހަގީގަތަށް ވީ ދުވަސް

ފުވައްމުލަކު އެއާޕޯޓު ހިންގުމާއި ސަރުކާރުން ހަވާލުވަނީ..

ފުވައްމުލަކު އެއާޕޯޓު ހިންގުމާއި ސަރުކާރުން ހަވާލުވާނެ ކަމަށް ރައިސް ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ އެސްޓީއޯ އަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގޮތުގައި، ފުވައްމުލަކު އެއާޕޯޓް ހިންގަމުން އަންނަ އެސްޓިއޯ އަށް، އެ އާޕޯޓުން ފައިދާ ނުވާތީވެ، އެއާޕޯޓު ހިންގުމާއި ސަރުކާރުން ހަވާލުވާނެ ކަމަށެވެ
“އެސްޓީއޯ އަށް ބަދަލުދީފައި، ސަރުކާރުން އެ އެއާޕޯޓާ ހަވާލުވާނެ” ރައިސް ޔާމީން ވިދާޅުވި އެވެ.

ފުވައްމުލަކު އެއާޕޯޓުން ދެކޮޅު ޖެއްސުމައްޓަކައި ސަރުކާރުން ވަނީ އެސްޓިއޯއަށް ރިސޯޓް ތަރައްޤީ ކުރުމަށް ދެ ފަޅުރަށް ދިނުމަށް ނިންމާފައެވެ.މީގެތެރެއިން އެއް ރަށް އަދިވެސް އެ ކުންފުންޏަށް ލިބިފައެއް ނުވެއެވެ.

އެމްޑީޕީ ސަރުކާރުގައި، ފުވައްމުލަކުގައި ހެދި އެއާޕޯޓާއި ބެހޭގޮތުން ،އޭރުގެ ރައިސް ނަޝީދު ވިދާޅުވެފައިވަނީ، ފުވައްމުލަކު އެއާޕޯޓް ވިޔަފާރީގެ ގޮތުން ނުބެލުމަށާއި ފުވައްމުލަކު އެއާޕޯޓު ގުޅިފައިވަނީ ފުވައްމުލަކު ރައްޔިތުންގެ ހިތާއި ކަމަށެވެ. އަދި އެގޮތުން ފުވައްމުލަކު އެއާޕޯޓް ތަރައްޤީ ކުރާ ފަރާތަަކަށް ޓްވަރިސްޓް ރިޒޯޓެއް ހެދުމަށް ބ.އަތޮޅުން ރަށެއް ދީފައިވެއެވެ. ނަމަވެސް ރޭގެ ރައީސް ޔާމީންގެ ވާހަކަފުޅުގައި އެއަރޕޯޓުން ގެއްލުންވަމުންދާވާހަކަ ވިދާޅުވިއިރު ގެއްލުން ކުޑަކުރުމަށް އޭރު އެއާޕޯޓް ހިންގާ ފަރާތަކަށް ރިޒޯޓެއް ހިންގުމަށް ރަށެއް ދީފައިވާ ވާހަކައެއް ވިދާޅެއް ނުވެއެވެ.

ފުވައްމުލަކު އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 31 އޮކްޓޯބަރ 2011 ވަނަ ދުވަހު ހަވީރު 15:35 ގައިއެވެ. އަދި ކޮމަރޝިއަލް ދަތުރުތަށް ފަށާފައިވަނީ 11 ނޮވެމްބަރ 2011 ގައި އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު