A wide advertisement which will be shown on all devices. (700 x 100)

ފުލެޓް އެޅުމަށް ހަވާލުވެފައިވާ ފަރާތާއިއެކު ފުވައްމުލަކު އަތޮޅު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

ފުލެޓް އެޅުމަށް ހަވާލުކުރެވިފައިވާ ފަރާތާއިއެކު އަތޮޅު ކައުންސިލުން ބައްދަލު ކުރައްވަނީ. ފޮޓޯ:އަތޮޅު ކައުންސިލް

ފުވައްމުލަކުގައި ފުލެޓް އެޅުމަށް ހަވާލުވެފައިވާ ފަރާތާއިއެކު ފުވައްމުލަކު އަތޮޅު ކައުންސިލުން މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ، މި މަސައްކަތަށް ބޭނުންވާ ތަކެތި ޖަމާކުރާ ތަން ސާފު ކުރުމަށާއި، ފްލެޓް އަޅާ ބިމުގައި ފެންސު ޖެހުމާއި ބެހޭގޮތުންނެވެ.

މިހާތަނަށް ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިވާ އެކި ފަރާތްތަކުގެ ތަކެއްޗަށް ބަދަލުދީފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިއަހަރު ބަޖެޓްގައި ހިގަމުންދާ މަޝްރޫއެއްގެ ގޮތުގައި ހިމެނިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިޒު ވަނީ އެ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައިވެއެވެ.

ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވަނީ މިދިޔަ ޑިސެމްބަރ މަހު 9 ވަނަ ދުވަހު ހުޅުމާލޭގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !