A wide advertisement which will be shown on all devices. (700 x 100)

ދިގުވާނޑު ކައުންސިލުން ފުވައްމުލަކަށް 100 ޑަސްބިން

ޑަސްބިން ހަވާލުކުރުމުގެ ރަސްމިއްޔާތު

ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ބޭނުންކުރުމަށް ދިގުވާނޑު ކައުންސިލުން އިސްނަގައިގެން 100 ޑަސްބިން ހަދިޔާކޮށްފިއެވެ.
ފުވައްމުލަކު ކައުންސިލްތަކާއި ސުކޫލްތަކަށް ޑަސްބިން ހަދިޔާ ކުރުމަށް އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިގުވާނޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފް ވިދާޅުވީ، ދިގުވާނޑު ކައުންސިލުން އިސްނަގައިގެން ފުވައްމުލައް ސާފުތަނެއްގައި ގޮތުގައި ބެހެއްޓުމުގެ ގޮތުން ހެދި ޕްރޮޖެކްޓެއްގައި ޑަސްބިން އެކައުންސިލަށް ހަދިޔާކޮށްފައިވަނީ ބީއެޗްއެމް ޓްރޭޑަރސް އިން ކަމަށެވެ.
މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ ދިގުވާނޑު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިޕްރޮގުރާމްގެ ސަބަބުން ފުވައްމުލައް އިތުރަށް ސާފުތަނެއްގައި ގޮތުގައި ފެނިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ދިގުވާނޑު ކައުންސިލަށް ޝުކުރު ދަންނަވާ ކަމަށެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލަށް 100 ޑަސްބިން ހަވާލުކޮށްދެއްވީ ދިގުވާނޑު ކައުންސިލްގެ ރައީސް ޚާލިސް ޝަރީފްއެވެ. އަތޮޅު ކައުންސިލުން ހަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް އެވެ. އަދި ރަށު ކައުންސިލްތަކާއި ސުކޫލްތަކަށް ޑަސްބިން ހަވާލުކޮށްދެއްވީ އަބްދުﷲ ފަލާހް ޝަރީފް އެވެ.
އަތޮޅު ކައުންސިލުން ވިދާޅުވީ ކޮންމެ އަވަށަކަށް 10 ޑަސްބިން އަދި މިރަށުގެ ހަތަރު ސުކޫލަށް ކޮންމެ ސުކޫލަކަށް 2 ޑަސްބިން ހަވާލުކުރާނެ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !