22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ އިދާރާ، ދޫޑިގަމަށް ބަދަލުކުރުމަށް ނިންމައިފި

ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ އިދާރާ، ދޫޑިގަމަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ އިދާރާ މި ހިނގާ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބަދަލުކުރެވިގަންދާނެ ކަމަށް އެ ކައުންސިލްގެ ރައީސް އިބްރާހިމް އަހްމަދު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން ދޫޑިގަމު ރައްޔިތުންނަށް، ބޭނުންވާ ގިނަ ހިދުމަތްތަކެއް އަވަށުގައި ތިބެގެން ލިބިގެންދާނެ ކަމަށެވެ.

” ދޫޑިގަމުން ބޭރަށް ނުގޮސް ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ، މިސާލަކަށް އައިޑީ ކާޑް ހެދުމަށް ފޯރމް ހުށައެޅުން، ވިޔަފާރި ކުލި ދެއްކުން، ކަނޑާއި އެއްގަމު އުޅަދުތަކަށް ފީ ދެއްކުން ފަދަ ކަންތައް. މިބަލަނީ މިމަހު 21 އެހާތަނަށް އޮފީސް ދޫނޑިގަމަށް ބަދަލުކުރެވޭތޯ”. ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ދޫޑިގަމް ކައުންސިލް ގެ އިދާރާ ހުންނީ ވާދީ ހާރޑްވެއާރ ކައިރީގައިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު