14 ނޮވެމްބަރ 2018 ( ބުދަ )

banner

އައިއެސް އާންމުކުރި ވީޑިއޯގެ މަންޒަރެއްގެ ތެރެއިން

އިސްލާމިކް ސްޓޭޓްގެ ތައުލީމީ ނިޒާމާ ގުޅޭ ވީޑިއޯއެއް އާންމުކޮށްފި

އިސްލާމީ ދައުލަތުގެ ނަމުގައި އިރާގާއި ސީރިއާގައި ހަރަކާތްތެރި ވަމުންދާ ޖަމާއަތުން އެޖަމާއަތުގެ ދަށުގައިވާ ބިންތަކުގައި ތައުލީމު ދެވޭ ގޮތާއި ގުޅޭ ވީޑިއޯއެއް އާންމު ކޮށްފިއެވެ. އިސްލާމީ ދައުލަތް ނުވަތަ އައިއެސްގެ މީޑިއާ ގޮފި އައްރައްގާ އިން އާންމު ކުރި މިވީޑިއޯގައި ސީރިއާގެ ކުރީގެ ސަރުކާރުން ހިންގި މަދަރުސާތަކުގައި ހަރަކާތްތެރިވި މުދައްރިސުން ތައުބާވާ މަންޒަރުވެސް ދައްކުވައިދީފައިވެއެެވެ.

ކުރީގެ މަންހަޖުތައް ކިޔަވައިދިނުމުގައި ކުރިން މަސައްކަތްކޮށްފައިވާ މުދައްރިސުންނަށް އައިއެސްގެ ފަރާތުން ބައްދަލުވުމެއް ބާއްވައި، ތައުބާވުމަށް ނަޞޭޙަތްތެރިވި ކަމަށްވެސް އެވީޑިއޯގައި ބުނެއެވެ. މީގެ އިތުރުން، އައިއެސް ގެ ތައުލީމީ މަންހަޖާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ މަންޒަރުވެސް އެ ވީޑިއޯ އިން ފެނިގެން ދެއެވެ.

އައިއެސްގެ ފަށާ ތައުލީމުގެ މުއްދަތަކީ 9 އެކެވެ. އެއިގެ ތެރެއިން ފުރަތަމަ 5 އަހަރަކީ އިބްތިދާއިއްޔަ (primary) އަހަރުތަކެވެ. ދެން އޮތް 4 އަަހަރަކީ އިޢުދާދިއްޔަ (junior high) އަހަރުތަކެވެ. އެއަށްފަހު މަތީ ތައުލީމެވެ. މި އަހަރުތަކުގައި ދަރިވަރުން އިޚްތިޔާރުކުރާ ދާއިރާއަކުން ޚާއްސަ ވާން ފުރުޞަތު ލިބިގެންދާނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު