ކުޑަ އަންހެން ކުއްޖަކާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އަނެއްކާވެސް ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުޑަ އަންހެން ކުއްޖަކާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކުރީ މިމަހު 23 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެއީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެ އަންހެން ކުއްޖާގެ ގޭގައި ހުއްޓާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚިޔާލުތައް