A wide advertisement which will be shown on all devices. (700 x 100)

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ބުލެކްމެއިލްކޮށް އެކުދިންލައްވާ ހަށިވިއްކަމުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ފުވައްމުލަކުގައި ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ބުލެކްމެއިލްކޮށް އެކުދިންލައްވާ ހަށިވިއްކަމުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންވިދާޅުވީ ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލައެއްގައި މިއަދު (ހުކުރު ދުވަހު) ހަވީރު 16:00 އިން 2:00 އާއި ހަމަޔަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

” މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ޓީމެއް ގުޅިގެން ފުވައްމުލަކުގައި ދަނީ ހަރަކާތްތެރި ވަމުން” ފުލުހުން ވިދާޅުވިއެވެ.

މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވިޔަފާރިވެރިންނާއި ރަށުގެ ނުފޫޒްގަދަ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހޯދަނޑު ދެމީހުންނާއި ދޫނޑިގަމު ހަތަރު މީހުންނާއި، ފުނާޑު ދެމީހުންނާއި މާދަޑު މީހެއްގެ އިތުރުން މިސްކިތްމަގު މީހެއް ހިމެނޭކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !