24 ޖުލައި 2019 ( ބުދަ )

ދަޑިމަގު ކާނު (އާރޮ) ފެން ބޭރުކުރުމަށް ހުޅުވަނީ. ފޮޓޯ ފުވައްމުަލއް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ ކާނުތައް ހުޅުވައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަައް ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމައްޓަކައި ކާނުތައް ހުޅުވައިފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މިހާރު ވަނީ ހޯދަޑު ކާނާއި މާލެގަމު ކާނުން ފެން ބޭރުކުރަން ފަށާފައެވެ. އަދި މިހާރު މައްސަކަތް ކުރަމުން ދަނީ ދަޑިމަގު ކާނުން ހުޅުވުމަށެވެ. އާއްމު ގޮތެއްގައި ފުވައްމުލަކުގެ ކާނުތައް ހުންނަނީ ބަންދުކުރެވިފައެވެ. ފެން ބޭރުކުރަން ބޭނުންވުމުން ކޮންމެ ފަހަރަކު ވެސް ކާނުތައް ހުޅުވަނީއެވެ.

ފުވައްމުލަކުގައި ފެން ބޮޑުވުމުން ކޮންޓްރޯލް ކުރުމަށް އާއްމުުކޮށް ބޭނުންކޮށް އުޅެނީ މި 3 އާރު (ކާނު) އެވެ. ކާނުތައް ހުޅުވުމުން އާއްމު ދަތުރުފަތުރަށާއި ހިނގާ ބިގާވެ އުޅުމަށް ލުއިތަކެއް ލިބިގެން ދެއެވެ. ނަމަވެސް ފެންގަނޑު އެއްކޮށް ހިންދާލުމަށް ނުވަތަ ބޭރުކުރުމަށް ގިނަ ދުވަސްތަކެއް ނަގައެވެ.

އެހެނީ ފެން ހިންދުމަށް ނުވަތަ މޫދަށް ބޭރުކުރުމަށް ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުންނެވެ.

ލަހުން ފެން އެއްކޮށް ފެން ހިނދުނު ކަމުގަިއ ވިޔަސް ގިނަ ބަޔަކު ބުނަނީ ރަށަށް ބޮޑަށް ރަނގަލި ރަށުން ފެން ބޭރުކުރުމަށްވުުރެ ރަށަށް ފެން ހިންދުން ކަމަށެވެ.

ފުވައްމުލަކުގައި ފެން ބޮޑުވެފައި. ފޮޓޯ: އިބްރާހިމް ޝަމީމު

ނަމަވެސް އިރުވައި މުސުމުގައި ހޯދަޑު އާރާއި މާލެގަމު އާރު ހުޅުވުމުން، އޮޅުތަކަށް ލޮނު ވައްދަފާނެތީ ވިސްނަން ޖެހެއެވެ. އޮޅުތަކަށް ލޮނު ވަދެއްޖެ ނަމަ އަލަގަސް (އަލަ ބިހި) ތައް މަރުވެއެވެ. ވުމާއެކު ގިނަ ފަހަރަށް އިރުވައި މޫސުމުގައި ހޯދަޑު އާރާއި މާލެގެމު އާރު ހުޅުވަނީ ކަނޑުގެ ދިޔަވަރަށް ބަލައިގެން ވަކި ގަޑިތަކެއްގައި ހުޅުވާ ބަންދު ކުރާ ގޮތަށެވެ.

ފުވައްމުލައް އުފެދިފައިވާ ގޮތުން ރަށުގެ ވަށައިގެން އަރިމަތިްނ އުސްވފައި މެދަށް އަޑިކޮށް އޮތުމުން ރަށަށް ވެހޭ ވާރޭ ފެންތައް ރަށުގެ ހުރިހާ ދިމާލަކުން ވެސް މެދު ހިސާބުތަކަށް ޖަމާވެ ފެން ބޮޑުވެ މަގުތަކާއި ގޯތި ތަކުގަިއ ފެންގަނޑު ބޮޑުވުމާއި ކުރިމަތިލާން ޖެހެއެވެ. މިކަން ގިނަ ފަހަރަށް ހައްލު ކުރަނީ ފުވައްމުލަކުގެ  4 ސަރަހައްދެއްގައި ފެން މޫދަށް ބޭރުކުރުމަށް ހަދަފަިއވާ ކާނުތައް ހުޅުވައިގެންނެވެ.

އުރުވައި މޫސުމާއި ހުޅަނގު މޫސުމުގަިއ ވެސް ފުވައްމުލައކުގަިއ ފެންބޮޑު ވުމާއި ކުރިމަތި ލާންޖެހެއެވެ. އެގޮތަށް ބަލައިގެން އެފްއޭއޯ (އ.ދ ގެ ފޫޑް އެންޑް އެގްރިިކަލްޗަރަލް އޯގަނައިޒޭޝަން) ގެ އެހީގައި ފުވައްމުލަކުގެ އިރު-އުތުރު ބިތާއި ހުޅަނގު-ދެކުނު ބިތުން ވަނީ ދެންބޭރުކުރުމަށް 4 ކާނު (އާރޮ) ހަދާފައެވެ. ނަމަވެސް އެއަރޕޯރޓް ހެދުމާއެކު ފުނާޑު- ދޫނޑިގަން ހިސާބުގައި ވާ އާރު ބޭނުނުން ނުކުރެވޭގޮތަށް ވަނީ ބަންދުކުރެވިފައެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ރަށިމީހާ 5 ޖެނުއަރީ 2019 19:01

    މިއަދު ކާނުހުޅުވުމުގެ މަސައްކަތަކީ ވަރައްޒިއްމާދާރުކަން ކުޑަކޮށް ކޮށްފައިވާމަސައްކަތެއްކަން ފާހަގަކުރެވެއެވެ ސަ ބަބަކީރަށުގެފަސްގަޑު (ހޭޅިފަށް)ކޮނެތިރިކޮށްގެން މަސައްކަތް ކުރުމެވެ މިގޮތަށްލޯޑަރުން ކާނުހުޅުވުމުގެމަސއްކައްމިހާތަނަށްކޮށްފައެއްނުވެއެވއ