28 މެއި 2020 ( ބުރާސްފަތި )

banner

އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް ސައުދުﷲ (މެދުގައި) ކެންޑިޑޭޓް މައުރޫފު (ކ.)ގައި

އެމްޑީޕީ ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ ރައީސްް މާފަށް އެދިއްޖެ!

އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސްް ސައުދުﷲ އަޙުމަދު ނޫރީ ފެހި (ސައުދު) އެދާއިރާގެ އެމްޑީޕީ މެމްބަރުން ކިބައިން މާފަށް އެދިއްޖެއެވެ. އިއްޔެ ސައުދުގެ ފޭސްބުކް ޕޭޖުގައި އާއްމުކުރެއްވި މެސެޖެއްގައި ފުވައްމުލަކު ދެކުނު ދާއިރާއިން އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވި މުމްތާޒުއަށް މަރުހަބާ ވެސް ކިޔަފާއި ވެއެވެ.

އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް ޕްރައިމަރީ ވޯޓުގެ ނަތީޖާ ނިކުތް ގޮތުން އޭނާ ޖަޒުބާތުގައި ޖެހުނުކަމަށް ފަހުން އެއްބަސްވެ ބުނެފައި ވަނީ. “ޖެހުނު ޖަޒުބާތުގައި ހޮވުނު ކެންޑިޑޭޓް އަށް ތާއިދު ނުކުރާނެ ކަމަށާއި، އަދި މަސައްކަތް ވެސް ނުކުރާނެ ކަމަށް ބުނެވުނު ބަހައް ދެކުނު ދާއިރާގެ އެންމެހާ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާއަފަށް އެދެމެވެ.” ދާއިރާގެ ރައީސް ސައުދު މާފަށް އެދެމުން ބުނެފައި ވެއެވެ.

ސައުދު ވަނީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި މުހައްމަދު މުމްތާޒާއި ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވެސް މުމްތާޒުގެ ކެމްޕޭންގައި މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

“އަޅުގަޑު ބޭނުން ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޖިލީސް2019 ގައި އެމް.ޑީ.ޕީ ތަމްސީލް ކުރާނެ ފުވައްމުލައް ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރެއް ހުރުން ކަމުގައިވާތީވެ، އަހުމަދު މައުރޫފް އަށް ވޯޓް ދެއްވި އެންމެހާ ރައްޔިތުންނާއި، އަހުމަދު އިސާމު އަށް ވޯޓް ދެއްވި އެންމެހާ ރައްޔިތުންނާއި، އުމަރު އަބްދުﷲ އަށް ވޯޓް ދެއްވި އެންމެހާ ރައްޔިތުންނާއި، މުމްތާޒު އަށް ތާއިދު ކޮށް، ވޯޓް އިތުރު މަސައްކަތް ކޮށްދެއްވުށް” ކަމށް ސައުދު ލިޔެފައިވެއެވެ.

މީގެ އިތުރުން ސައުދު ވަނީ ދެކުނު ދާއިރާގެ ނަމުގައި މުމްތާޒުގެ ކާމިޔާބީއަށް މަރުޙާބާ ވެސް ކިޔާފައެވެ.

“ފުވައްމުލައް ދެކުނު ދާއިރާގެ މަޖިލީސް19 ގެ އިންތިޚާބު ކާމިޔާބު ކުރި މުހައްމަދު މުމްތާޒު އަށް، އެމް.ޑީ.ޕީ ފުވައްމުލައް ދެކުނު ދާއިރާގެ ނަމުގައި މުބާރިކް ބާދީ އަރިސް ކުރަން” ކަމަށެވެ. 

ސައުދު ޕްރައިމަރީ ކެމްޕޭނުގައި މަސައްކަތް ކުރީ މުމްތާޒުއާއި އެންމެ ގާތުން ވާދަކުރި މައުރޫފު އަށެވެ.

ދެކުނު ދާއިރާގެ ވަގުތީ ނަތީޖާ (މައިގަނޑު ދެފޮށި) 2019

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ފުވައްމުލަކުގައި ބެހެއްޓި ވޯޓު ފޮށިން މައުރޫ ކުރި ހޯދި ކަމުގައި ވިޔަސް މާލޭގައި ބެހެއްޓި ވޯޓު ފޮިުކުރި ހޯދައިގެން މުޅި ޖުމްލަ 20 ވޯޓުގެ ތަފާތުން މުމްތާޒާ ޕްރައިމަރީ ކާމިޔާބުކުރީއެވެ.ކިޔުންތެރިންގެ ޚިޔާލު