28 މެއި 2020 ( ބުރާސްފަތި )

banner

މިހާތަނަށް ފުވައްމުލަކުގައި ބެހެއްޓި އެންމެބޮޑު ކެމްޕޭން ބިލްބޯޑު އިއްޔެ ބަހައްޓައިފި

އެމްޑީޕީ ކެންޑިޑޭޓުންގެ ބިޔަ ބޮޑު ބިލްބޯޑެއް ބަހައްޓައިފި

ފުވައްމުލައް ސިޓީގެ އެމްޑީޕީ ކެންޑިޑޭޓުންގެ ބިޔަ ބޮޑު ބިލްބޯޑެއް ފުވައްލަކު އެއަރޕޯރޓް ގޭޓް ކުރިމައްޗާއް ދިމާލުގައި ބަހައްޓައިފިއެވެ. އިއްޔެ ހަވީރު ކުރިޔަށްގެންދިޔަ މިހަރަކާތުގައި ފުވައްމުލަކު އެމްޑީޕީގެ 3 ކެންޑިޑޭޓުން ވެސް ބައިވެރިވިއެވެ. މި ބިލްބޯޑުު ގާތްގަޑަކަށް 10 ފޫޓު 40 ފޫޓް ވަރު ވާނެކަމަށް ވެއެވެ.

އެމްޑީޕީ 3 ކެންޑިޑޭޓުންނާއި ސަޕޯރޓަރުން ބިޔަބޮޑު ބިލްބޯޑު ބެހެއްޓުމަށް އެއަރޕޯރޓް ސަރަހައްދަށް ގެންދަނީ

އުތުރު ދާއިރާގެ ކެންޑިޑެޓް މުހައްމަދު ރަޝީދު (ދޮންބެ)އާއި މެދު ދާއިރާގެ ކެންޑިޑޭޓް ހުސޭން މުޙައްމަދު އަދި ދެކުނު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު މުމްތާޒު ކުރީގައި ތިބެގެން ފުވައްމުލަކު ތާރުމަގުން ބިލްބޯޑު ގެންދިޔައީ ގިނަބައެއްގެ އަތްއަތް މަތިން އުފުލައިގެންނެވެ. މިއީ އެމްޑީޕީގެ ސަޕޯރޓަރުން މިފަހަރު ތަފާތު ގޮތަކަށް ގެންދިޔަ ކެމްޕޭނު ހަރަކާތެކެވެ.

ގިނަ ސަޕޯރޓަރުންތަކެއް ބައިވެރިވި މިހަރަކާތް

މިބިޔަ ބޮޑުު ބިލްބޯޑު ހިފައިގެން ދިޔައިރު ގިނަބަޔަކު މިކަމުގައި ބައިވެރިވެ އަޑު އުފުލަމުން ގެންދިޔައެވެ. މިއީ މިފަހަރު ފުވައމްުލަކުަގއި ބެހެއްޓިފައިވާ އެންމެ ބޮޑުު ކެމްޕޭން ބިލްބޯޑެވެ.

އެމްޑީޕީގެ 3 ކެންޑިޑޭޓުންގެ ސަޕޯރޓަރުން ވެސް ބޮޑު ބިލްބޯޑު އުފުލުމުގައި ބައިވެރިވިކިޔުންތެރިންގެ ޚިޔާލު