26 ޖޫޏް 2019 ( ބުދަ )

މަޖުލިސް އިންތިޚާބުގެ ކާމިޔާބުކުރުމުގެ އުފަލުގަިއ ޕާޓީ ބާއްވަނީ

މަޖުލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރަން ޕާޓީ ބާއްވަނީ

ހޮނިހިރު ދުވަހު ނިމުނު 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑެޓުންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޕާޓީ ބާއްވަން ތައްޔާރުވެފައިވާ ކަމަށް މިކަލް ނޫހަށް މައުލުމާތު ލިބެއެވެ.

އެތޮތުން ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް ގޮނޑި ކާމިޔާބުކުރި މުހައްމަދު ރަޝީދު (ދޮންބެ) އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހޯދަޑު އަވަށުގެ އަނބުލު ފަންނު ސަރަހައްދުގައި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ރޭގަނޑުގެ ކެއުމެއް ދިނުމަށް އިންތިޒާމު ކުރެވިފައިވާ ކަމަށް ވެއެވެ.

މެދު ދާއިރާގެ މަޖުލިސް ގޮނޑި ކާމިޔާބުކުރި ހުސޭން މުޙައްމަދު ދީދީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާލެގަމު ރަސްގެފަންނު ސަރަހައްދުގައި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ރޭގަނޑުގެ ކެއުމެއް ދިނުމަށް އިންތިޒާމު ކުރެވިފައި ވެއެވެ.

އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު މުމްތާޒުގެ ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެރޭ ދޫނޑިގަމު އަވަށު އެމްޑީޕީ ހަރުގޭގައި ދާއިރާގެ ރައްޔިތުންނަށް ހުޅުވާލައިގެން ރޭނގޑުގެ ކެއުމެއް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ވެސް ވަކި ވަކި ފަރުދުންނާއި ގޭ ގޭގެ މީހުން ކުދި ޕާޓީތައް ބާއްވައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ހިނގަމުން އާދެއެވެ.

މަޖުލިސް އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުން ފުވައްމުލަކުގައި ފެށުނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވީ ވެހިކަލް ބުރުތަކުންނެވެ. އަދި އެކިއެކި ރެސްޓޯރެންޓް ތަކުގައި ބޭއްވި ބޮޑެތި ޕާޓީތަކުންނެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީ މިއީ މަޖުލިސް ހަޔާފުގައި ފުވައްމުލަކުގެ މުޅިން އާބާބެއް ފެށިގެން ދާނެ ދައުރެއް ކަމަށެވެ. އެގޮތުން މިފަހަރު އިންތިޚާބުވެފައި މިވަނީ މީގެ ކުރިން އެ އަވަށަކުން މަޖުލީހުގެ ގޮނޑި ފުރާފައި ނުވާ 3 އަވަށުގެ ކެންޑިޑޭޓުންނެވެ. އަދި އެމްޑީޕީއަށް ފުވައްމުލަކުން މިވަރުގެ ބޮޑު މެޖޯރިޓީއެއް މިހާތަނަށް ލިބިފަައެއް ނުވެއެވެ.

އެންމެ ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރި ފވމ ކެންޑިޑޭޓަކީ މުހައްމަދު ރަޝީދު (ދޮންބެ)

މިފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) އެވެ. އޭނާ ވަނީ އެންމެ ކައިރިން ވާދަކުރި މިހާރުގެ މަޖުލިސް މެންބަރު އަލީ ޝާހުއަށް ވުރެއް 588 ވޯޯޓު އިތުރަށް ހޯދާފައެވެ.

އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޕާޓީއެއް މާލޭ ލޮނުޒިޔާރަތް ކޮޅުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެމްޑީޕީން ވަނީ ތައްޔާރުވެފައެވެ.



ކިޔުންތެރިންގެ ޚިޔާލު