16 ނޮވެމްބަރ 2019 ( ހޮނިހިރު )

ފުވައްމުލައް ސިޓީ ކައުނސިލްުން ހާމަކޮށްފައިވާ ވަށާމަގުގެ އައު ޑިޒައިންގެ ކުރެހުމެއް- 2019 އޭޕްރީލް

ފުވައްމުލައް ސިޓީގެ މަގުހެދުމާއި ގުޅޭ ގޮތުން ބާއްވާ މަޝްވަރާ އިތުރު ބައްދަލުވުމެއް

ފުވައްމުލައް ސިޓީގެ މަގު ހެދުމާއި ގުޅޭ ގޮތުން ރައްޔިތުންނާއި އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މިބައްދަލުވުން އޮންނާނީ މާދަމާ 2 މޭ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ މީގެކުރިން ކަމުގެ ފަންނީ މާހިރުންނާއި ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުގެ މަޝްވަރާގެ އަލީގައި މަގުގެ ޑިޒައިނަށް ގެނެވުން ބަދަލުތަކާއި، މިހާރު ޑިޒައިން ކުރެވިފައިވާ ގޮތާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ރަށުގެ އެތެރޭގެ މަގުތައް ހެދުމުގައި އިސްކަން ދޭނެ ތަރުތީބަކާއި ގުޅޭ ގޮތުން ވެސް ރައްޔިތުންގެ ޚިޔާލު ހޯދުން ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލައް ސީޓީ މަގުހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން 2019އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ ފުވައްމުލައް ސިޓީގެ ރިންގް ރޯޑު ހެދުމުގެ މަސައްކަތުގައި ކުރަން ހަމަޖެހިފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ތަފުސީލުކޮށް އެނގެން ބޭނުންވެއެވެ.

މިމަޝްރޫއު ދަށުން އެމްޓީސީސީ އާއި ހަވާލުކުރެވިފައި ވަނީ 2.7 ކިލޯ މީޓަރުގައި ތާރުއަޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުމަށް ކަމަށް މީޑިއާތަކުން ވަނީ ކުރިން ރިޕޯޓްކޮށްފައެވެ.

ނަމަވެސް މި މައުލޫމާތުގައި ވެސް ވަށާމަގު (ރިންގް ރޯޑް)ގައި ވަނީ ކިތައް ލޭންކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސީދާ މަގުގެ ދިގުމިނެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިމަގު ނިންމުމަށް ހަމަޖެހިަފއި ވަނީ ތޫނޑު ފަންނު މަގުގެ ކޮޅާއި ހަމައަށެވެ.

މީގެ އިތުރުން މަގުން ހިނގާ މީހުންނަށް ޚާއްސަ ދުވާރެއް ނުވަތަ ހިންގާނެ ތަނެއް މި މަޝްރޫއުގައި ހިމެނިފައިވާ ކަމަށް މަސައްކަތުގެ ރިޕޯރޓް ތަކުން އެނގޭކަށް ނެތެވެ. މިހާރުވެސް ދުވާރު ނެތުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ކަސްރަތަށް ހިގާ ފަރާތްތައް ވެސް ބޭނުންކުރަން ޖެހެނީ ވެހިކަލް ދުއްވާ ލޭން ކަމަށްވުމުން ހިތާމަވެރި ހާދިސާތައް ހިގާ މީހެއްގެ ފުރާނަވެސް ގެއްލި އިތުރު އެތައް މުޑިއެރުމަެއް ވަނީ ހިނގާފައެވެ.

ވީމާ މާދަމާގެ ބައްދުލުވުމުން ރައްޔިތުން ސާފުކުރަން އެދޭ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި:

ވަށާމަގު ހެދުމަށް ހަމަޖެހިފައި ވަނީ ކިހާ ހިސާބަކަށް؟ ކޮން ދިގުމެނެއްގައި ތޯ؟ ކޮޅަކަށް ދުއްވަން ކިތައް ލޭން ތޯ އާއި އެއީ ކިހާ ފުޅާ މިނެއްތޯ؟

މަގުގައި ދުވާރެއް އޮންނާނެތޯ؟ އާއި ހިނގާމީހުންނާއި ދުވާ މީހުންނަށް މަގުގައި ޚާއްސަކުރެވިފައި ވަނީ  ކޮން ބައެއްތޯ؟ ސާފުވާން ބޭނުންވެއެވެ.

މީގެ އިތުރުން ދުއްވާއެއްޗެހި ޕާކުކުރަން ހަމަޖެހިފައި ވަނީ މަގުގައި ތޯ؟ ނުވަތަ އެހެން ތަނެއްގައިތޯ؟ އާއި މަގުގެ ފެން ހިންދޭނެ ގޮތަކީ ކޮބައިތޯ؟ އާއި މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިަކމުގެ ގޮތުން ކުރުމަށް ހަމަޖެހިފައި ވަނީ ކޮންކޮން ކަމެއްތޯ؟

މިއަދު ރައްޔިތުން ކަނޑަޅަން ޖެހެނީ އެތެރޭގެ މަގުތައް ހެދުމުގައި އިސްކަން ދޭނެ ތަރުތީބަކީ ކޮބައި މެދު އެވެ. އެގޮތުން ބަލާއިރު ރަށުގެ ވަށާމަގު ތޫނޑާއި ހަމަޔަށް ހެދުމުން، މަގުގެ ފަސޭހަކަން އެންމެ ކުޑަކޮށް ލިބޭނީ ހޯދަޑު އަވާއި މަލެގަން އަވަށުގެ ރައްޔިތުންނަށެވެ.

ވުމާއެކު އެތެރޭގެ މަގުތައް ހެދުމުގައި އެދެ އަވަށާއި ވަށާމަގާއި ފަސޭހައިން ގުޅުވާލެވޭނެ ގޮތަކަށް އެތެރޭގެ މަގުތައް ހެދުމުގައި އިސްކަން ދިނުން މުހިންމެވެ.

ފުވައްމުލައް ސިޓީގައި އަލަށް ހެދުމަށް ހަމަޖެހިފަިއވާ މަގު

 

ނޫނީ ރަށުގެ ގިނަ ރައްޔިތުންގެ ދުވަހި ދިރިއުޅުމަށް ލުއިވެގެންދާނީ ފިނވާމަގާއި އޯކިޑުމަގު ހެދުމަށް އިސްކަން ދިގެން ތޯ ވިސްނާލަން ޖެހެއެވެ. ރަށުގެ މެދާއި ދެކުނުގެ ގިނަ ބަޔަކު ދިރިއުޅެނީ މިމަގާއި ގުޅިފައިވާ ގެތަކުގައި ކަމަށް ވާހިނދު އެންމެ ގިން ބަޔަކަށް މަގުގެ ފަސޭހަކަން އަވަހަށް ލިބޭނީ މި ދެމަގު ހެދިގެން ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަލަށް ހަދަން އެންމެ އިސްކަން ދޭނީ ކޮން މަގަކަށް؟

އެމްޑީޕީގެ މިސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މައްސަކަތުގެ ތެރޭގައި ހިމެނޭ ފުވައްމުލައް ސިޓީގެ ރިންގް ރޯޑް (ވަށާ މަގު)ގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ކުރަން އިތުރު ޚިޔާލު ހޯދަން ވެގެން ކަމަށް ޕްލޭނިން މިނިސްޓަރ އަސްލަމު ވަނީ ފުވައްމުލަކުގައި މަގު ހެދުން އިފުތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

މަގުހެދުމާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވީ ކުރީގެ ސަރުކާރުން، ރައްޔިތުންގެ ވިސްނުމަކަށް ނުބަލައި ޒަމާނާއި ނުގުޅޭ ގޮތައް މަގުގެ މަސައްކަތް ކުރަމުން އައި ގޮތަށް މިސަރުކާރުނ ްވެސް އެމަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ.



ކިޔުންތެރިންގެ ޚިޔާލު