A wide advertisement which will be shown on all devices. (700 x 100)

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދަސްކުރުމުގެ ފުރުސަތު

ތުތި ބޯވަދިލަމަހުެގ މަސްވެރިކަން - ފޮޓޯ ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ މާ ކަނޑުގެ ފުން ސަރަހައްދުތަކުގައި އުޅޭ ތުތި ބޯވަދިލަމަސް( ޑައިމަޑްބެކް ސްކުއިޑް)ގެ މަސްވެރިކަން ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ. މިއިީ ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖޭގައި އާލާކުރުމުގެ ގޮތުން ޝައުގުވެރިވާ ފަރާތްތަކަށް މި މަސްވެރިކަން ކުރާނޭ ގޮތް ދަސްްކޮށްދިމުމަށް ހިންގޭ ކުރުމުއްދަތުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ތިއަރީ ކްލާސްތަކަކާއި އަމަލީ މަސައްކަތްކުގެ މަސްވެރިކަމުގެ ދަތުރުތަކެއް ވެސް ހިމެނެއެވެ. ޖުމްލަ 2 ދުވަހުގެ މައްޗަށް ބިނާކޮށްގެން ކުރިޔަށް ގެންދެވޭ މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

ތުތި ބޯވަދިލަމަހަކީ އެހެން ބޯވަދިލަމަސްވުރެ ސައިޒުން ބޮޑު އެއްޗެކެވެ. ދިގުމިނުގައި 3 ފޫޓް ވަރެވެސް ދިގުވާ އަދި ބަރުދަރުނުގައި 16-25 ކިލޯގްރާމަށް ވެސް ބޯޑުވާ ބާވަތެކެވެ. ޕެސިފިކްގެ ޖަޒާރާތަކުގައި ބޯވަދިލަމަހުގެ މަސްވަރިކަމަކީ ވަރަށް އާއްމު ކޮށް ކުރާ މަސްވެރިކަމުގެ ވައްތަރެކެވެ.

ތުތި ބޯވަދިލަމަހެއް މީހަކު ދައްކާލަނީ – ފޮޓޯ ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑެގ ސަރހައްދުތަކަށް ބަލާއިރު އައްޑޫ ކަނޑު ނުވަތަ ފުވައްމުލައް ހިމެނޭ ސަރަހައްދަކީ ނިސްބަތުން ފުން ސަރަހައްދަކަށްވެފައި މިބާވަތުގެ ބޯވަދިލަމަހުގެ މަސްވެރިކަން މިހިސާބުގައި ރަނގަޅު ވުމުގެ ފރުސަތު ބޮޑެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތަކީ މިހާރުވެސް މަސްވެރިކަމުގެ ހަރަކާތުގައި އުޅުން ނުވަތަ މަސްވެރިކަން ކުރުމަށް ޝައުގުވެރިކަން ހުރުމެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީއެވެ.

ބައިވެރިވުމަށް އެދޭ ފޯމު މި ލިންކް އިން ލިބޭނެއެވެ. އަދި ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އައިޑީކާޑުގެ ކޮޕީއަކާއެކު އެމިނިސްޓްރޫއަށް ހުށަހެޅިދާނެއެވެ އަދި އީމެއިލް (ahsan.mohamed@fishagri.gov.mv) ވެސް ކުރިވިދާއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 339213 އަށް ގުޅުއްވުމަށް އިއުލާންކޮށްފައިެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !