A wide advertisement which will be shown on all devices. (700 x 100)

އައު ކަރިކިއުލަމް ހެދުން ރައީސް ޔާމީނާއި ގުޅުވުމުގެ މާނައެއް ނެތް – އޮފިޝަލް

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމު، މިރޭ ޓީވީއެމްގެ ޓޯކް މޯލްޑިވްސް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ.

ގައުމީ އައު ކަރިކިއުލަމް ހެދުން ރައީސް ޔާމީނާއި ގުޅުވުމުގެ މާނައެއް ނެތް ކަމަށް އެޑިއުކޭޝަން ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިރޭ ޓީވީއެމުން އިނގިރޭސި ބަހުން ގެނެސްދިން “ޓޯކް މޯލްޑިވްސް” ޕްރޮގްރާމުގައި އެޑިއުކޭޝަން މިިސްޓަރު ޑރ. އާއިޝަތު ޝިހާމު ދެއްކެވި ވާހަކަ އަކާއި ގުޅުވައިގެންނެވެ. ރައީސް ޔާމީނުގެ އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވީ ރާއްޖޭގައި އައު ކަރިކިއުލަމެއް އުފެދިގެން މިއައީ ރައީސް ޔާމީނުގެ ރިޔާސީ ކަމްޕޭނުގައި ރައްޔިތުންގެ ފަރާތުން އެދުނު ކަންތައްތަކެއް ހާސިލުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ އައު ކަރިކިއުލަމްގެ މަސައްކަތަކީ 2007 ވަނަ އަހަރުގައި ވެސް ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފެށި މިމަސައްކަތުގެ ބޮޑުބައެއް އެމްޑީޕީ ސަރުކާރުގައި (2008-2011) ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެނާ ވިދާޅުވިއެވެ. ނަމަވެސް އެވެރިކަން ބަދަލުވުމާއެކު އައު ކަރިކިއުލަމްގެ މަސައްކަތަށް ހީނަރުކަމެއް ލިބުނު ނަމަވެސް މުޅި މަސައްކަތް އޮތީ ގާތްޑަކަށް ނިމި އަޖުމަ ބަލާ މަރުހަލާއަށް ތައްޔާރުވެފައި ކަމަށެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި، 2015ގައި ކީސްޓޭޖް 1 ތައާރަފު ކުރުމުން ވެސް އެއީ ޔާމީނުގެ ވެރިކަމުގެ ކުރިން ކުރެވިފައިވާ މަސައްކަތެއްގެ ފެށުން ކަމަށް ބާރުލިބޭ ކަމަށް އެފަރާތުން ބުންޏެވެ. 

ނަމަވެސް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު، އެކަން ރައީސް ޔާމީނަށް ނިސްބަތް ކުރުމުގެ އެވެސް އަސާސެއް ނެތްކަމަށް ވިދާޅުވެ ފާޑުކިޔުއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !