20 އޯގަސްޓް 2019 ( އަންގާރަ )

ފުވައްމުލަކުގައި އީދު ނަމާދަށް ބޮޑު ޖަމާއަތް ހެދުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް ޕާކުގައި

އަންނަ ފިތުރު އީދުދުވަހުގެ އީދު ނަމާދު ކުރުމަށް ބޮޑު ޖަމާއަތް ހެދުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސްޕޯޓްސް ޕާކުގައެވެ. ގާޑިއަން އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން އެސަރަހައްދު އީދު ނަމާދު ކުރުމަށް ތައްޔާރުކުރުމަންދާއިރު މިކަމަކީ ކީރިތި ރަސޫލުﷲ (ސއވ) ގެ ސުންނަތް ދިރުވާ އާލާކުރުމުގެ ގޮތުން މިފަހަރުވެސް ހުސްބިމުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ސްޕޯޓްސް ޕާކް ތައްޔާރު ކުރަމުންދަނީ ކަމަށް ގާޑިއަން އެސޯސިއޭޝަނުން ހާމަކުރެއެވެ. އީދު ނަމާދު ފެށޭނީ 7.30 ގައެވެ.

މައިދާނުގައި ޢީދު ނަމާދުކުރުމުގެ ސުންނަތް ރާއްޖޭގައި ވަޅުޖެހިފައި އޮތުމަށްފަހު އަލުން މައިދާނުގައި ޢީދު ނަމާދު ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެއިގެ ފަހުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަންނަނީ މައިދާނުގައި ޢީދު ނަމާދު ކުރަމުންނެވެ. ސުންނަތުން ސާބިތުވާ ގޮތުން ވާރޭވެހުން ފަދަ ކަމެއް ދިމާނުވާނަމަ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވެސް ޢީދު ނަމާދު ކުރައްވާފައިވަނީ ހުސްބިމެއްގައި ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

 



ކިޔުންތެރިންގެ ޚިޔާލު