26 ޖޫޏް 2019 ( ބުދަ )

ނޯޓް ބުރޭންޑްގެ ކޮސްމެޓިކްސް ސާމާނު ފުވައްމުލަކަށް ތައާރަފުކޮށްފި

އަންހެނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ނޯޓު ބުރޭޑްގެ ކޮސްމެޓިކް ޕްރޮޑަކްޓުތައް ފުވައްމުލަކަށް ތައާރަފުކޮށްފިއެވެ. ނޯޓް ބުރޭންޑުގެ ކޮސްމެޓިކް ޕްރޮޑަކްޓައް ފުވައްމުލަކަށް ތައާރަފުކޮށްފައިވަނީ ގްރޭޓްވެއާސް އިން ރޭ އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ އެބްރޭންޑް ލޯންޗު ކޮށްދެއްވީ ފުވައްމުލަކުގެ މަޝްހޫރު މޭކަޕް އާޓިސްޓް މަރިޔަމް ޝިއުމާ ޝާހިދު އެވެ. ފުވައްމުލަކުގައި މިބްރޭންޑްގެ ކޮސްމެޓިކްސް ސާމާނު ތައާރަފު ކުރުމާއިއެކު މިބްރޭންޑްގެ ގިނަ ސާމާނުތަކެއް އެއްތަނަކުން ލިބިގެންދާނެއެވެ. ނޯޓް ބްރޭންޑް ތައާރަފު ކުރެވުުމުގެ ކުރިން މިފަދަ ގޮތަކަށް ބްރޭންޑް ކޮސްމެޓިކު ސާމާނު މިހާފުރިހަމައަށް އެއްތަނަކުން ލިބޭކަށް ނުހުރެއެވެ.

މޭކަޕްކުރުމަށް ބޭނުންކުރާ ނޯޓް ބްރޭންޑްގެ ފައުންޑޭޝަން، ކޮންސީލަރާއި،ލިޕްސްޓިކް، އައިލައިނަރ،މަސްކަރާ އަދި އައިޝެޑޯ ފަދަ ގިނަ ބާވަތްތައް ގްރޭޓްވެއާސް އިން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ. ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް އުފައްދާފައި ވަނީ ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ.

“ގްރޭޓްވެއަރސް”ގެ މެނޭޖިންގ ޕާޓްނަރ އަދި މާކެޓިން މެނޭޖަރ ޙުސެއިން އަހުމަދު  ވިދާޅުވީ ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސްއަކީ ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެލި ބާވަތްތައް ހިމެނޭ “ޙަލާލު” ޕްރަޑަކްޓަކަށް ވުމުން މިބްރޭންޑަށް އޮންނަ ތަރުހީބު ދިވެހިންގެ މެދުގައި އިތުރުވަމުންދާ ކަމަށާއި، އަދި ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ތައާރަފުކުރީ ވެސް ރަށުގެ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

ގްރޭޓްވެއަރސް ފިހާރަ އަކީ  ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި ފަހުގެ ޑިޒައިންތަކުގެ ހެދުމާއި، ފައިވާން އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އެކި އެކި ބާވަތްތައް ސާމާނު ލިބެންހުންނަ ފިހާރައެކެވެ. “ގްރޭޓްވެއަރސް” ފިހާރަ ހުންނަނީ ފުވައްމުލަކު ދަޑިމަގު، ރަތްފުސްގޭގައެވެ.



ކިޔުންތެރިންގެ ޚިޔާލު