4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ފުވައްމުލަކު މީޑިއާ ސެންޓަރުގެ ހުރިހާ މުވައްޒަފުންނަށް ނޯޓިސްދީފި

ފުވައްމުލަކު މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އިއްޔެ ނޯޓިސްދީފިއެވެ. ފުވައްމުލަކު މީޑިއާ ސެންޓަރުގައި މަސައްކަތް ކުރާ 6 ޖާނަލިސްޓުންނާއި 2 އިދާރީ މުވައްޒަފުންނަށް ނޯޓިސްދީފައިވަނީ މަގާމުތައް އުވާލާފައި ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު މީޑިއާ ސެންޓަރުގެ ހުރިހާ މަގާމެއް އުވާލިއިރު ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ގާއިމުވެފައިވާ މީޑިއާ ސެންޓަރުު ތަކުން މުވައްޒަފުން މަދުކުރި ނަމަވެސް ހުރިހާ މުވައްޒަފުން ވަކިކޮށްފައި ކަމުގެ މައުލޫމާތެއް ލިބިފައެއްނުވެއެވެ.

ފުވައްމުލަކު މީޑިއާ ސެންޓަރުގެ މުވައްޒަފުންނަށް ދީފައިވަނީ 2 ހަފުތާގެ ނޯޓިސް މުއްދަތެކެވެ. މިމަހު ނިޔަލަށް އެއްއަހަރު ވުމާއި ކައިވެފައިވާ މުވައްޒަފުން މީޑިއާ ސެންޓަރުގައި މަސައްކަތް ކުރަމުންދާއިރު 1 އަހަރު ވެފައިވާ މުވައްޒަފުންނަށް 1 މަސްދުވަހުގެ ނޯޓިސް ދިނުމަށް ވަޒީފާއާއި ބެހޭ ގާނޫނު ލާޒިމު ކުރެއެވެ.

ފުވައްމުލަކުގައި އެންމެ ފުރަތަމަ މީޑިއާ ސެންޓަރެއް ގާއިމުކުރީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެއަށްފަހު އެމްޑީޕީ ވެރިކަމުގައި އެސެންޓަރުތައް އުވާލުމަށްފަހު މިދިޔަ އަހަރު އަނެއްކާވެސް އަލުން މީޑިއާ ސެންޓަރު ގާއިމުކުރެވުމަށްފަހު މިއަހަރު އަނެއްކާވެސް އެސެންޓަރުތައް އުވާލެވެނީއެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. އެނގޭ މީާ 3 ޖުލައި 2019 11:07

    ތިހެދީ ހަމަ ރަނގަޅަށް.ނޫހުގައި އާޓިކަލް ތި ލިޔުނު މީހާއަށް އެނގޭތަ ކިހާ ކިހާފެންވަރެއްގެ ބައެއް ކަން އެތަނަށް ނަގާފައި ތިބީ. މި ޒަމާނަށް ބަލާ އިރު ޔޫސެޓް ގެ މީހުން. ދޮގޮބެއަ ގެ ދަރި އާ ސާބުންއަލީގެ ދަރި ނަގަންވެގެން ޖެހި މަޅިއެއް. ރީއްޗެއްނު.

    1. ހުސެއިން ޝިރުހާން 3 ޖުލައި 2019 19:07

      ކަލޭތަ އެމީހުން ނެގީ އެމީހުންގެ ފެންވަރު އެގެން. ކައެ އަކީ ދަންނަ ބޭކަލެއް ދޯ.

  2. ޣަނީ 3 ޖުލައި 2019 14:07

    ޑަުލަތުން ބޮޑު ޚަރަދު ކޮއްގެން އަޅާފައި ހުރި އިމާރާތެެއް މީޑިއާ ސެންޓަރަކީ ބަލަހައްޓާނެ މީހަކު ނެތި ހުއްޓާ ނެގި މުވައްޒަފުންނަށް އެތަނުގައި 8 ގަޑި އިރު ޑިއުޓީ ކުރާ ތަނަނެއް ފާޚާނާ ކުރެވޭނެ ގޮތެއް ނުހުރޭ ބޯފެން .ނުހުރޭ މުވައްޒަފުން ނަގާފަ ތިބީ ކަމާބެހޭ ތަމްރީނު ލިބިފަ ތިބި ގާބިލު ކުދިން އެމީހުން ވަކި ތި ކޮއްލީ ތީ ވަރަށް ދެރަ ކަމެއް ފުވައްމުލަކުގައި ވެސް ޕީއެސް އެމް ނޫސްވެރިން ތިބެންވާނެ ވަކި މާލޭ ގަޔާ އެހެން ތަންތާގެ ޚަބަރު އެކަނި ގެންނަން ހުރި ޗެނަލެއް ނޫން އެއީކީ .. ކަމަށް ގާބިލް ނޫން މީހުން ވެރިންނަށް ލީމާ ހަދާފަ ނަހަދާނެ ގޮތެއް ނޭގިގެން އެ އުޅެނީ. ޕީއެސް އެމް ގެ އެމްޑީ އިސްތިއުފާ ދޭން އުޅޭ.

    1. ޝިރުހާން 3 ޖުލައި 2019 19:07

      ވިސްނުން ރަނގަޅު