18 އޮކްޓޯބަރ 2019 ( ހުކުރު )

banner

ސުކޫލް ދަރިވަރުންގެ މަދަހަ މުބާރާތް ނިމި ނަތީޖާ ފާޅުކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފުވައްމުލަކު ސުކޫލު ދަރިވަރުންގެ 3 ވަނަ މަދަހަ މުބާރާތް ނިމި ނަތީޖާ ފާޅުކޮށްފިއެވެ. މިމުބާރާތުގެ ނަޖީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. މި މަދަހަ މުބާރާތުގައި ފަސް ސުކޫލާއި، އެއް ކޮލެޖުން ޖުމުލަ 113 ދަރިވަރުން ވަނީ މުބާރާތުގައި ބައިވެރިވެފައިވެފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ވެސް ހިމެނެއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި، ވަނަވަނައަށް އައި ދަރިވަރުންނަށް ތައްޓާއި ޝީލްޑާއި ހަނދާނީ ލިޔުން  ވަނީ ދީފައެވެ. މިގޮތުން މުބާރާތުގައި ދަރިވަރުން ވާދަކުރި ހަ އުމުރުފުރައިން ކޮންމެ އުމުރުފުރައަކުން ވެސް އެންމެ މޮޅު ހަތް ދަރިވަރުން ހޮވައި އޭގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

6 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އައިރީން ޝާހިދު އިސްމާއީލެވެ. ދެވަނައަށް ދިޔައީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރު މުހައްމަދު ޔާނިޝް ބިން ހުސައިން މޫސައެވެ. ތިންވަނައަށް ދިޔައީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ލީޝް ހުނާނެވެ.

9 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހާސިލްކުރީ ހާފިޒު އަހުމަދު ސްކޫލުގެ އާމިނަތު ބިޝާލް ތޮލްއަތެވެ. ދެވަނަ ހާސިލްކުރީ ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރު ފާތިމަތު ޝޫރާ ވަޖީހެވެ. ތިންވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ޔޫނުސް އަބްދުﷲ މުފީދެވެ.

11 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ދަރިވަރަކީ ހާފިޒު އަހުމަދު ސްކޫލުގެ އާއިޝަތު މިޝްގާ އަހުމަދެވެ. ދެވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އާއިޝަތު ރީހާ ޝާހިދު އިސްމާއީލެވެ. ތިންވަނަ ހާސިލްކުރީ ހާފިޒު އަހުމަދު ސްކޫލުގެ ފާތިމަތު މީޝާ އަނީސެވެ.

13 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހާސިލްކުރީ ހާފިޒު އަހުމަދު ސްކޫލުގެ އާއިޝަތު އަޒްހާ ބިންތި އާމިރެވެ. ދެވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ އާއިޝަތު ލީމް އަބްދުﷲ އެވެ. ތިންވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އާއިޝަތު އިބާ އަސްއަދެވެ.

16 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހާސިލްކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ނިހާއެވެ. ދެވަނަ ހާސިލްކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު ދުމްޔާ މާޖިދެވެ. ތިންވަނަ ހާސިލްކުރީ ހާފިޒު އަހުމަދު ސްކޫލުގެ އާމިނަތު އިލްމާ ނަސީމެވެ.

19 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނައަށް ދިޔައީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ސުމައިޝް އަބްދުﷲ ނައީމެވެ. ދެވަނަ ހާސިލްކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް އަހުމަދު އިބްރާހީމެވެ. ތިންވަނަ ހާސިލްކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޒީން އަލީ މުހައްމަދެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ގޮތްޕެއް ވެސް މުބާރާތުގައި ވަނީ ހިމަނާފައެވެ. އެ ގޮފިން ބައިވެރިވި ދަރިވަރުންނަށް ވެސް ވަނީ ޝީލްޑް ހަވާލުކޮށްފައެވެ.

ގުރޫޕް މަދަހަ ހުށަހެޅުމުގެ ބައިން އެއްވަނަ ލިބުނީ ޏ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. ދެވަނަ ލިބުނީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ފުވައްމުލައް އިންޓަނޭޝަނަލް އަށެވެ. ތިންވަނަ ލިބުނީ ހާފިޒު އަހުމަދު ސްކޫލަށެވެ.

މަދަހަ މުބާރާތުގެ އެންމެ މޮޅު ތިން ސްކޫލު ވެސް ވަނީ ހޮވާފައެވެ. މިގޮތުން މުޅި މުބާރާތުން އެއްވަނަ ސްކޫލަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. ދެވަނައަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. ތިންވަނައަށް ހޮވުނީ ހާފިޒު އަހުމަދު ސްކޫލެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ތިން ދަރިވަރުން ވެސް ވަނީ ހޮވާފައެވެ. އެގޮތުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ނިހާއެވެ. ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު ދުމްޔާ މާޖިދެވެ. ތިންވަނައަށް އެންމެ މޮޅު ދަރިވަރަކީ އަހުމަދު ސުމައިޝް އަބްދުﷲ ނައީމެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އާދަމް ނަސީރު އިބްރާހީމާއި، މުހައްމަދު އަބްދުލްޣަނީއާއި، ޝަލަބީ އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވަނީ މިބޭފުޅުންނަށް ވެސް ހަނދާނީ ލިޔުން ދީފައެވެ.



ކިޔުންތެރިންގެ ޚިޔާލު