18 ސެޕްޓެމްބަރ 2019 ( ބުދަ )

ޝަފީޢު ހޯދައިދޭ ފަރާތަކަށް 20000 ރުފިޔާގެ ފައިސާގެ އިނާމު ވެސް އާއިލާއިން ހުށަހެޅި. ފޮޓޯ: ފުލުހުންގެ މީޑިއާ

ޝަފީއު ގެއްލުނު މައްސަލަ ބަލަން ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް

މީގެ ގާތްގަޑަކަށް 2 އަހަރު ކުރިން ގެއްލިފައިވާ ފުވައްމުލަކު ދޫނޑިގަމު އޮޅުތެރެގެ މުހައްމަދު ޝަފީޢު، ގެއްލުމު މައްސަލަ ބަލަން އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޝަފީއު ގެއްލިފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހު 14 ވަނަ ދުވަހުގެ ރޭގައެވެ. އެރޭގައި ގެއިން ނިކުމެގެން ޝަފީއު ދިޔައީ ގާތްގަޑަކަށް 9:30 އެހާކަށް ހާއިރުކަމަށާއި އޭނާ ބޭރަށް ދިޔައީ ވޮލެޓާއި ފޯނުވެސް ގޭގައި ބާއްވާފައި ކަމަށް ޝަފީއުގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކޮށްފައިވާ ޝަފީއު ފުވައްމުލަކަށް އައިސްފައިވަނީ ގެއްލުމުގެ އެއްރޭ ކުރިން އާއިލާއާއިއެކު މާލެ ފުވައްމުލައް ފުލައިޓުންނެވެ.  ޝަފީއު ހޯދުމަށް އޭރު ކުރެވުނު މަސައްކަތުން އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި އޭގެ ފަހުން އެއްވެސް ޚަބަރެއް މިވީ ދެއަހަރު ތެރޭ ލިބިފައެއްނުވެއެވެ. ޝަފީއު ގެއްލުނު އިރު އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޝަފީއު ގެއްލުމުގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވީ ނަމަވެސް މިމައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުލިބޭތީވެ ފުވައްމުލަކު ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންނެވެ. އެގޮތުން އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނީ މިހާރު އެ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލު