6 އޭޕްރީލް 2020 ( ހޯމަ )

banner

ނާއިބު ރައީސް ފުވައްމުލައް ސިޓީ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުން

ނާއިބު ރައީސް ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ވެރިންނާއި ބައްދަލު ކުރައްވައިފި

އައްޑޫސިޓީ އަށާއި ފުވައްމުލައް ސިޓީ އަށް ނާއިބު ރައީސް ފައިސަލް ނަސީމު ކުރައްވަމުން ގެންދެވާ ދަތުރު ފުޅުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ވެރިންނާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ނާއިބު ރައީސާއިއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ކުރިޔަށް ގެންދެވުނު މިބައްދަލުވުން ބޭއްވީ ޓީޗަރސް ރިސޯސް ސެންޓަރުގައެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީިޑިން ޓީޗަރުންނާއި އެނޫން ވެސް އިސް ފަރާތްތަކުން ބައިވެރިވިއެވެ.

ސްކޫލްތަކުގެ ބައެއް ވެރިން ވަނީ މިސަރުކާރުން އަލަށް ފެށި ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިޔަށްދާކަމަށާއި އެއީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް ވިދާޅުވ ސަރުކާރަށް ތައުރީފުކޮށްފައި ވެއެވެ.

މިބައްދަލުވުމުގައި ބައިވެރިން ވިދާޅުވެފައި ވަނީ ސަރުކާރުން ހިންގާ ޕްރޮގްރާމުތަކަށް ސްކޫލްތަކު ގެ ފަރާތުން ފުރިހަމަ އެއްބާލުން ދެއްވާނެ ކަމަށެވެ.

ފުވައްމުލައް ސިޓި ސްކޫލަތަކުގެ އިސް ވެރިންގެ ބައްދަލުވުން

ފުވައްމުލައް ސިޓީގައި ސަރުކާރުން ހިންގާ 4 ސްކޫލް ހުރެއެވެ. އުތުރު ދާއިރާގެ ދަޑިމަގު-ދިގުވާނޑުގައި ހުންނަ މުހައްމަދު ޖަމާލުއްދީން ސްކޫލަކީ 2 ވަނައަށް ދަރިވަރުން އެންމެ ގިނަ ސްކޫލެވެ. 2018 ވަނަ އަހަރު ނިމުނުއިރު އެސްކޫލުގައި 607 ދަރިވަރުންނާއި 55 މުދައްރިސުން ތިއްބެވެ. މި ސްކޫލުގައި ކިޔަވައިދެނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 9 އާއި ހަމަޔަށެވެ. ގްރޭޑް 9 އަލަށް އުފެއްދީ މިއަހަރު(2019ގައި) އެވެ. އެސްކޫލުގެ ޕްރިންސިޕަލަކީ އާރިފާ އަބްދުލް މަޖީދު އެވެ.

ރަށުގެ މެދުގައި ހުރި ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ ރަށުގައި މިހާރު ހުރި ދެވަނަ ޔަށް އެންމެ ދުވަސްވީ ސްކޫލެވެ. އެސްކޫލުގެ ދަރިވަރުންގެ އާބާދީ އަކީ 390 އެވެ. އަދި 77 މުދައްރިސުންނެވެ. މިސްކޫލުގައި ކިޔަވައި ދެނީ ސެކަންޑަރީ އާއި ހަޔަރ ސެކަންޑަރީ ލެވެލެށެވެ. ނަމަވެސް މިއަހަރު އެސްކޫލުގައި ގްރޭޑް 7 ފެށިގެން 12 އަށް ކިޔަވައިދޭން ވަނީ ފާށާފައެވެ. ޏ.އޭއީސީ އަށް ވަނީ ދާދި ފަހުން ވަނީ އައު ޕްރިންސިޕަލަކު އައްޔަން ކޮށްފައެވެ. އެއީ އިސްމާއީލު ސައުދުއްﷲ އެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުަގައި ތިބި ކިޔަވާކުދިން 2018 ގެ ނިޔަލަށް

ރަށުގެ އިރު ދެކުނުން ހުންނަ ހާފިޒް އަހުމަދު ސްކޫލަކީ މިހާރު އެންމެ ގިނަ ދަރިވަރުން ތިބި ސްކޫލެވެ. އެސްކޫލުގައި 859 ދަރިވަރުންނާއި 59 ޓީޗަރުން އެބަތިއްބެވެ. ހޭޒްގައި ކިޔަވައިދެނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 9 އާއި ހަމަޔަށެވެ. ގްރޭޑް 9 އަލަށް އުފެއްދީ މިއަހަރު(2019ގައި) އެވެ. އެސްކޫލުގެ ޕްރިންސިޕަލަކީ މުހައްމަދު ފަޔާޒް އެވެ.

ރަށުގެ އިރުމަތިން ދޫނޑިގަމު އަވަށުގައި ހުންނަ ފުވައްމުލަކު ސްކޫލަކީ ފުވައްމުލަކުގައި މިހާރު ހުރި އެންމެ ދުވަސްވީ ސްކޫލެވެ. ނަމަވެސް އެ ސްކޫލުގެ އާބާދީ އަނެއް 3 ސްކޫލަށް ވުރެ ދަށެވެ. އެފްއެސްގައި 2018 ވަނަ އަހަރު ނިމުނު އިރު ތިބީ 294 ދަރިވަރުންނާއި 20 މުދައްރިސުންނެވެ. އެފްއެސް ނުވަތަ ދޫނޑިގަމު ސްކޫލުގައި ވެސް މިހާރު ކިޔަވައިދެނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 9 އާއި ހަމަޔަށެވެ. އެސްކޫލުގެ ޕްރިްނސިޕަލަކީ ހަސަން ޒަރީރު އެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކުގައި ރަޖިސްޓްރީވެގެން ހިންގާ 3 ސްކޫލެއް ހުރެއެވެ. އެއީ، އައިޑިއަލް ސްކޫލް، 145 ދަރިވަރުންނާއި 15 މުދައްރިސުން ، ކެންގަރޫ ކިޑްސް ފުވައްމުލައް -138 ދަރިވަރުންނާއި 17 ޓީޗަރުން އަދި ޒިކުރާ ސްކޫލް – 40 ދަރވަރުންނާއި 6 ޓީޗަރުންނެވެ. މި ސްކޫލްތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވަިއދެނީ ޕްރީ ސްކޫލް ބައެވެ.

ސްކޫލްތަކޫލްގައި ދަރިވަރުންނާއި މުދައްރިސުން ތިބި ނިސްބަތް 2018 ގެ ނިޔަލަށް

ނާއިބުރައީސްް ގެ ބައްދަލުވުމުގައި މި ހަތަރު ސްކޫލުގެ އިސް ވެރިން ވެސް ބައިވެރިވިއެވެ.

ފުވައްމުލަކުގެ ސްކޫލުތަކުގެ ވެރިން އައްޔަން ކުރުމުގައި ސިޔާސީ ނުފޫޒު ފީރާކަމަށް ބުނެ އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށާއި ސްކޫލްތަކަށް އަމާޒުވެއެވެ. ޏ.އޭއީސީ ފިޔަވައި ދެންތިބި ޕްރިންސިޕަލުންނަކީ ފުވައްމުލަކަށް ނިސްބަތް ވާ ބޭފުޅުންނެވެ.

 ކިޔުންތެރިންގެ ޚިޔާލު