A wide advertisement which will be shown on all devices. (700 x 100)

މި އަހަރުގެ ސާނަވީ އިމްތިހާނު މިއަދު ފަށައިފި

މި އަހަރު، 2023 ޏ.އޭއީސީއިން ސާނަވީ އިމްތިހާނު ހަދާ ދަރިަވރުން

މި އަހަރު (2023)ގެ ރާއްޖޭގެ ސާނަވީ އިމްތިހާނު މިއަދު ފަށައިފިއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ 4 ސަރުކާރުގެ 4 ސްކޫލުން ވެސް މިއަދު ފަށާ އިމްތިހާނު ހަދާނެއެވެ. މިއަދު އިމްތިހާނު ފަށާނީ އިސްލާމް ޕޭޕަރު 1 އިންނެވެ.

ރާއްޖެގެ ސާނަވީ އިމްތިހާނުގައި އެކުލެވެނީ ބައިނަލް އަގުވާމި އިމްތިހާނެއް ކަމަށްވާ ކެމްބްރިޖް އޯޑިނަރީ ލެވެލް ޖެނެރަލް ސެޓްފިކެޓް އޮފް ސެކަންޑަރީ އެގްޒަމިނޭޝަން (ޖީސީއީ އޯލެވެލް) އާއި ދިވެހިރާއްޖޭގެ އަމިއްލަ އިމްތިހާނެއް ކަމަށްވާ އެސްއެސްސީ އިމްތިހާނު (ސެކަންޑަރީ ސްކޫލް ސެޓްފިކެޓް) އިމްތިހާނުގެ މައްޗަށެވެ.

މި އަހަރު ރާއްޖެއިން މި އިމްތިހާނުގައި ބައިވެރިވެފައިވާ މިންވަރު ފާއިތުވި އަހަރަށް ވުރެ އިތުރުވެފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ހާމަކުރައްވައެވެ.  ރާއްޖޭގައި މިއަހަރު ޖުމުލަ 244 ސެންޓަރެއްގައި މި އިމްތިހާނު ހަދައެވެ.

އެމްޖޭއެސް އޯލެވެލް 2023 – ދަރިވަރުން

މި އިމްތިހާނުގައި އާދައިގެ އަތުކުރި ގަޑި ވެސް އަޅައިގެން އެގްޒާމް ހެދުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މި އިމްތިހާނު ހަދަން ދަރިވަރު އިންނަ މޭޒުމަތީގައި އާދައިގެ އަތުކުރި ގަޑިއެއް މޭޒުމަތީގައި ބޭއްވުމަށް ވަނީ ހުއްދަކޮށްފައެވެ.

އެސްއެސްސީ އިމްތިހާނު 2023 – 6107 ދަރިވަރުން، (444 އިތުރު)

ޖީސީއީ އޯލެވެލް – 6698 ދަރިވަރުން (759 އިތުރު)

ފުވައްމުލައް ސިޓީގައި މިއަދު (25 މެއި 2023) ގައި މި އިންތިހާނު ހަދަނީ:

ޏ.އަތޮޅު ތައުލީމީ މަރުކަޒު – 85 ދަރިވަރުން (އަންހެން 48، ފިރިހެން 37). ސައިންސް 36، ބިޒިނެސް 49.

މުހައްމަދު ޖަމާލުއްދީން ސްކޫލް – 36 ދަރިވަރުން (އަންހެން 17، ފިރިހެން 19)

ހާފިޒު އަހުމަދު ސްކޫލް – 17 ދަރިވަރުން (އަންހެން 14، ފިރިހެން 3)

ފުވައްމުލަކު ސްކޫލް – (މައުލޫމާތު ނުލިބޭ) އެވެ.

ފުވައްމުލައް ސިޓީގައި ކޮންމެ ސްކޫލަކުން ވެސް އިމްތިހާނު ހަދަނީ އެ ސްކޫލެއްގެ ހޯލުގައެވެ.

މި އަހަރުގެ އިމްތިހާނު  ނިމޭނީ 9 ޖޫން 2023 ގައެވެ.

ހާފިޒް އަހުމަދު ސްކޫލް – ޕްރިންސިޕަލް އާއި ޓީޗަރުން 2023

މިއީ ރާއްޖޭގައި ފަށާތައުލީމު ނިންމާ ރަސްމީ ފުރަތަމަ މަރުހާލާއެވެ. އެއީ ގްރޭޑް 10 ނިމުމެވެ. ނުވަތަ ރަސްމީ ތައުލީމުގެ 10 އަހަރު ނުވަތަ 12 އަހަރުގެ ކިޔެވުން ނިމުމެވެ. މި އިމްތިހާނުން ރަގަޅު ނަތީޖާ ހޯދާ ދަރިވަރުން އޭލެވެލް ނުވަތަ ހަޔާ ސެކަންޑަރީއަށް ކިޔަވަން ފުރުސަތު ލިބެއެވެ. އަދި އެންމެ ރަނަގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް ކޮލެޖްތަކުގައި ވޮކޭޝަނަލް ދާއިރާ އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތައް ހަދައި އިތުރަށް ކިޔެވުމަށް ނުވަތަ އާއްމު މަސައްކަތަށް (ވަޒީފާއަށް) ދިއުމުގެ ފުރުސަތު ހުޅިވިގެން ދެއެވެ.

ބައެއް ދަރިވަރުން ގްރޭޑް 10 ނިންމާފައި ވެސް ސީދާ ވަޒީފާއަށް ދެއެވެ.

ރާއްޖޭގައި އޯލެވެލްއަށް ކެމްބްރިޖް ސިލަބަސް އަށް ކިޔެވި ކަމުގައި ވިޔަސް އަދިވެސް އޭލެވެލް ނުވަތަ ހަޔާ ސެކަންޑަރީއަށް ކިޔަވަނީ އަދިވެސް ލަންޑަންގެ އެޑެކްސެލް އޭލެވެލް އިމްތިހާނެވެ. މި އިމްތިހާނު އޮންނަނީ ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު ނޮވެމްބަރު މަހުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !