A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ޓުއަރިޒަމްގެ މަސައްކަތް ނުފެށި ލަސްވަނީ ލޭންޑްޔޫޒް ޕްލޭން ނެތިގެނެއްނޫން – ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީގައި ޓްއަރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ނުފެށީ ލަސްވަނީ ލޭންޑްޔޫޒް ޕްލޭނުގެ ސަބަބުން ކަމަށް ނުދެކޭ ކަަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

ފުވައްމުލަކު ސިޓީގެ އުތުރު ފަރާތު ތުޑީ ސަރަހައްދުގައިވާ ބިމާއި އެއާޕޯޓްގެ ދެކުނުގައިވާ ބިޅިފޭށި ސަރަހައްދަކީ ޓްއަރިޒަމް ތަރައްގީކުރުމަށް ލޭންޔޫޒް ޕްލޭނުގައި ކަނޑައަޅާފައިވާ ދެބިން ކަމަށާއި މިކަން އެކިފަހަރުމަތިން މިނިސްޓްރީ އަށް ދަންނަވާފައިވާތީ މިބިން ތަކުގައި ޓްއަރިސްޓް ހޮޓާ ތަރައްގީކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުދެކޭކަަމަށް ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުން ފުވައްމުލަކުގެ ލޭންޑްޔޫޒް ޕްލޭންވަނީ 1996 ވަނަ އަހަރު ތަރައްގީކޮށް ފާސްކޮށްފައެވެ. އަދި އޭގެފަހުން އެޕްލޭނަށް އިތުރު ބަދަލުތަކެއް ގެނެވި އެބަދަލުތައްވެސް ފާސްކުރެވިފައިވާ ކަަމަށް ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި ވެއެވެ. އަދި މިހާރުވެސ ފުވައްމުލަކު ސިޓީގެ އާބަން ޑެވެލޮޕްމަންޓް ޕްލޭން ހެދުމަށް ކޮންސަލްޓަންޓެއް ނެގި ކޮންސަލްޓަންޓާއިއެކު މަސައްކަތް ކުރެވޭ ކަމަށާއި އަދި ކޮންސަލްޓެންޓްގެ އެހީގައި ލޭންޑްޔޫޒް ޕްލޭންވެސް މުރާޖައަ ކުރަމުންދާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ސޮއިކޮށް ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !