A wide advertisement which will be shown on all devices. (700 x 100)

ފެނާއި ނަރުދަމާގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަނީ

ފުވައްމުލަކު ފެން ޕްލާންޓް

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފުވައްމުލައް ސިޓީގައި ކުރިޔަށް އެބަގެންދެއެވެ.

އެގޮތުން ރޭ ވަނީ މީގެ ފުރަތަމަ ބައްދަލުވުން ޏ.އޭއީސީގައި ބާއްވާފައެވެ. މީގެ ދެވަނަ ބައްދަލުވުން ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވުމަށް ކުރިން އިއުލާން ކުރެވުނު ނަމަވެސް މިހާރު ފުވައްމުލަކު ސްކޫލުގައި ބޭއްވުމަށް (ތަން) ބަދަލު ކުރެވިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ފެނާއި ނަރުދަމާގެ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވަނީ ރޭގަނޑު 8:30 ން 9:30 އަށެވެ. މިއީ އާއްމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުން ތަކެކެވެ.

މިބައްދަލުމުމުގެ ބޭނުމަކީ ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދެވޭނެ ގޮތްތަކެއް ހޯދުމުގެ ގޮތުންނާއި ރައްޔިތުންގެ ހިތްތަކުގައި ކަމާއި ގުޅޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ފަންނީ ގޮތުން ޖަވާބު ދިނުމަށް ބޭއްވޭ ސެޝަންތަކެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.

ރޭގެ ބައްދަލުވުމާއި ގުޅޭ މައުލޫމާތުު ފަހުން ހާމަކުރައްވާނެ ކަމަށް ފެނަކައިން ޖަވާބުދެއްވާފައި ވެއެވެ.

ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިމި ފުރިހަމަވެފައި ވާކަން އަދި އެނގޭކަށް ނެތެވެ. އެންމެފަހުން ފުވައްމުލައް ސިޓީަގއި ފެންބޮޑުވި ފަހަރު ރަށުތެރެއަށް ނަޖިސް ލީކުވާކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމުގެ ސަމާލުކަމަށް ސިޓީ ކައުންސިލުން ވެސް ވަނީ އާއްމު އެންގުމެއް ނެރެފައެވެ. ހުރިހާ ގެތަކަށް ނަރުދަމާގެ ލައިނާއި ގުޅާލެވިފައި ވީކަމުގައި ވިޔަސް ބެލެވެނީ ނަރުދަމާގެ މަސައްކަތްތައް ވެސް އަދި މުޅިން ނިންމާނުލެވޭ ކަމަށެވެ.

އާއްމުކޮށް ފެން ދޫކުރާނެ ވަކި ގަޑިތަކެއް ދާދި ފަހުން ފެނަކައިން ވަނީ އާއްމުކޮށްފައެވެ. އަދި ފެނަށް ބިލް ކުރަން ފަށާނީ 24 ގަޑިއިރު ފެނުގެ ޚިދުމަތް ދިނުމަށްފަހުގައި ކަމަށް ފެނަަކަ-ފުވައްމުލައް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބަލާއިރު ފެނުގެ ޚިދުމަތް ވެސް އަދި މުޅި ނުން ނުނިމޭކަމަށް ބަލަން ޖެހެއެވެ.

ނަރުދަމާގެ ހޮޅި ގުޅަން ތައްޔާރު ކުރުރެވިފައި ފޮޓޯ: މުޙައްމަދު ޝަހީދު

ފެނާއި ނަރުދަމާގެ ޚިދުމަތަށް އަލުން އެދިގެން ޚިދުމަތް ލިބޭވަރުވާނީ ކޮން ދުވަހަކުން ތޯ އާއްމު ބައެއް މީހުން އަންނަނީ ސުވާލު ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !