A wide advertisement which will be shown on all devices. (700 x 100)

ދަތުގެ ފަރުވާއަށް ހޮސްޕިޓަލަށް ބައެއް އިތުރުކުރަނީ

ފުވައމުލަކު ހޮސްޕިޓަލުގެ މައި އިމާރާތަށް ބައެއް އިތުރު ކުރަނީ- ދަތުގެ ފަރުވާއަށް

ކުރީގެ ހޮސްޕިޓަލު އިމާރާތުގައި މިހާރު ހިނގާ ދަތުގެ ފަރުވާ އަލަށް އިމާރާތްކުރި ހޮސްޕިޓަލަށް ބައެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދޅުވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތަށް ބައެއް އިތުރު ކުރެވެނީ މިހާރު އިމާރާތް ކުރެވެމުންދާ ޑައިލިސިސް ސެންޓަރާ އިންވެގެން ހުޅަނގަށެވެ. މިބައި އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފެށިފައެވެ.

ހޮސްޕިޓަލަށް އިތުރު ކުރުމަށް މިއަދު މަސައްކަތް ފެށި ބައި އިމާރާތްކޮށް ނިމުމުން ކުރީގެ ހޮސްޕިޓަލް އިމާރާތުގައި ހިންގާ ޑެންޓަލް ކެއަރ ޔުނިޓް މައި ހޮސްޕިޓަލަށް ބަދަލު ކުރެވިގެންދާނެކަމަށް މެނޭޖަރު ވިދާޅުވެއެވެ. އެއާއެކު ދަތުގެ ފަރުވާ ހޯއްދަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަކަން ލިބިގެންދާނެއެވެ.

މީގެ ރަނގަޅު ފެންވަރުގައި ހެދިފައިވާ ނަމާދުގެއެއް ވެސް މިބަޔާއެކު ހޮސްޕިޓަލުގައި ދެދިގެންދާނެއެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތާއި އީ ފައިވް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ. މިމަސައްކަތް ނިންމުމަށް އޮތީ 75 ދުވަހުގެ ތެރޭގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !