A wide advertisement which will be shown on all devices. (700 x 100)

ސަރުކާރު މުވައްޒަފުން ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރި ކުރުވަނީ

ދައުލަތުގެ ފައިސާގެ އުސުލުަތަކުގެ ތަމްރީނު

ސަރުކާރު މުވައްޒަފުން ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރި ކުރުވުމުގެ ތަމްރީން ޕްރޮގްރާމެއް ފުވައްމުލައް ސިޓީގައި އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ. މި ތަމްރީނު ކުރިޔަށް ގެންގޮސްފައި ވަނީ ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެންވެ.

ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގައި ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ގިނަ މުއްސަސާތަކަކުން އަންހެނުންނާއި ފިރިހެން މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމް މުޅި ރާއްޖޭގައި މިއަހަރު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ މާލީ ކަންކަމުގައި ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަނީ މުވައްޒަފުންނަށް އެކަން އޮންނަ ގޮތް ނޭނގޭތީ ނޫން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެފަދަ މައްސަލަތައް ގިނައިން ދިމާވެފައި ހުންނަނީ އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް ނާޖާއިޒު ނަފާ ހޯދުމަށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނުފެންނާނެ ގޮތަށް ފޮރުވައިގެން ކުރާ ކަންތައްތަކުގެ ތެރެއިން ކަމަށް ބުނެއުޅެއެވެ.

ނަމަވެސް ދައުލަތުގެ މާލީ ކަންކަން ކުރަން ތިބޭ ފަރާތްތައް ކަމާއި ގުޅޭ އުސޫލުތަކަށް އަހުލުވެރި ކުރުވައި ހަނދާންކޮށް ދިނުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.

ދައުލަތުގެ ޕްރޮކިއުމެންޓް ކަންކަން ކުރުމުގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ގޮތް

ދައުލަތުގެ ފައިސާގެ އުސުލުަތަކުގެ ތަމްރީނު- ފުވައްމުލައް ސިޓީ ކުރުނދުމާ މާލަން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !