A wide advertisement which will be shown on all devices. (700 x 100)

ދިރާގު ފުވައްމުލައް ސިޓީ ސައިންސް ފެއަރ 2019 މާދަމާ ހަވީރު އާއްމުނަަށް ހުޅުވާލަނީ

ދިރާގު ސިޓީ ސައިންސް ފެއަރ 2019 މާދަމާ އާއްމުނަށް ހުޅުވާލަނީ - އެފް އެސް ގައި

ދިރާގު ފުވައްމުލައް ސިޓީ ސައިންސް ފެއަރ 2019 ފުވައްމުަލއް ސްކޫލުަގއި މިހާރު ކުރަިަށް އެބަދެއެވެ. މި ޖުލައި މަހު 26-29 އަށް ފުވައްމުލަކު ސްކޫލުގައި ކުރިޔަށްގެންދާ މިސައިންސް ފެއަރގެ ފުރަތަމަ ބައި ކަމަށްވާ ފައުންޑޭޝަން ސްޓޭޖުގެ ޕްރޮޖެކްޓްތައް މިހާރުވަނީ އިވެލުއޭޓްކޮށް ނިންމައި ވަނަތައް ވެސް ހޮވާފައެވެ.

މިފެއަރގައި ފުވައްމުލައް ސިޓީގެ ބޮޑެތި ސްކޫލަތަކާއި ގިނަ ޕްރީ ސްކޫލްތަކުން ބައިވެރިވެފައި ވެއެވެ. އެގޮތުން ޏ.އޭއީސީ އާއި ފުވައްމުލައް ސްކޫލް، އައިޑިއަލް ސްކޫލް، ކެންގަރޫ ކިޑްސް، ބިލަބޮން ހައި ފުވައްމުލައް އިންޓަރނޭޝަނަލް އާއި އިންސްޓިޓިއުޓް އޮފް ލޮޖިކް ޓެކްނޮލޮޖީގެ އިތުރުން ފުވައްމުލައް ޕޮލިސް ގެ ފަރާތުން ވެސް ބައިވެރިވެއެވެ.

މިފެއަރއަށް އިންސާފުކޮށް ދެއްވާފައި ވަނީ ރަށުން ބޭރުގެ މެމްބަރުން ހިމެނޭ ޓީމަކުންނެވެ. މި ސައިންސް ފެއަރ އިންތިޒާމު ކުރަނީ ފުވައްމުލަކު ސްކޫލުން ނެވެ.

ދިރާގު ސިޓީ ސައިންސް ފެއަރގެ ފައުންޑޭޝަން ބައި ނިމި ވަނަތައް ހޮވައިފި

މިފެއަރގައި އާއިލާއާއެކު ކުޑަކުދިންނަށް ވެސް ބައިވެރިވާ ގޮތަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޖެކްޓްތައް ދައްކާލުމުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ އެހެނިހެން އިތުރު ހަރަކާތައް ވެސް 28 ވަނަ ދުވަހު ކުރިޔަށް ގެންދެވޭނެ ކަމަށް ވެއެވެ.

އާއްމުންނަށް މިފެއަރ ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މާދަމާ، 28 ޖުލައި ވާ އާދީއްތަ ދުވަހު މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މި ފެއަރގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަ ތަކަކީ:

އިންވެންޓަރ އެވާރޑް – އެންމެ މޮޅު އައު އީޖާދެއް ހުށަހަޅާ ފަރާތަކަށް،

ބެސްޓް ގްރޫޕް އެވާރޑް – އެންމެ ރަނގަޅު ގްރޫޕް ހުށަހެޅުމަކަށް،

ފެހިފަހި ފުވައްމުލައް އެވާރޑް – ފުވައްމުލަކަށް މި ވަގުތު އެންމެ ބޭނުން ބޮޑު ކަމަކާ ގުޅޭ ގޮތުން ހުށަހަޅާ އެންމެ ރަނގަޅު ހުށަހެޅުމަކަށް، އަދި

އަފުންގެ ބަހަ އެވާރޑް – ފުވައްމުލަކު ބަހާ ގުޅުން ހުރި އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.

މި ސައިންސް ފެއަރ ސްޕޮންސަރުންނަކީ ދިރާގާއި، ވަންފުވައްމުލައް ޖަމްއިއްޔާ، ފަތޭ އަދި މަމީ އިން ނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !