5 އޭޕްރީލް 2020 ( އާދީއްތަ )

banner

ފުވައްމުލައް ސިޓީ ތުނޑީ ސަރަހައްދުގެ ބައެއް

‘ރަށު ފަތުރުވެރިކަމަށް’ ފުވައްމުލައް ސިޓީ ތުނޑިން ބިން ދޫކުރަން ނިންމައިފި

މުޅިން އަލަށް ސަރުކާރުން ފަށާ “ރަށު ފަތުރުވެރިކަން” މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީ ތުނޑީ ސަރަހައްދުން  ފަތުރުވެރިކަމަށް ބިން ދޫކުރަން ނިންމައި އެކަން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރައްވާއިފިއެވެ.

ރޭ މާލޭ ދަރުބާރުގޭގައި ބޭއްވި ޓްވަރިޒަމް މާސްޓަރ ޕްލޭން 2020-2025 އިފްތިތާޙު ކުރުމުގެ ހަފުލާގައި ރައީސް އިބޫ ސޯލިޙު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުން 11 ސަރަހައްދެއް ބީލަމުގެ އުސޫން ދޫކުރުމަށް  އިއްޔެ ވަނީ ކަނޑައަޅާފައެވެ. އެގޮން ރާއްޖޭގެ ބިން ބޮޑު ރަށްތައް ހިމެނޭ އައްޑޫ ސިޓީގެ 6 ރަށަކާއި ފުވައްމުލައް ސިޓީ ތުނޑީ ސަރަހައްދާއި ލ.ގަމާއި ހއ. ފިއްލަދޫއާއި، އުލިގަމް އަދި ކެލާ އިން ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތަކެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރަން  ކުރިން ވެސް  ތުނޑީ ސަރަހައްދުން ބައެއް ކަނޑައަޅާފައި ވެއެވެ. ނަމަވެސް އެމަސައްކަތް ކުރިޔަށް ނުގޮސް އެކަން ވަނީ ހުއްޓާލާަފައެވެ.

ފުވައްމުލައް ސިޓީ ތުނޑީ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރާއިރު، ބައެއް އާއްމުންގެ ކަންބޮޑުވުމަކީ އެސަރަހައްދު އެއްކޮށް ފަތުރުވެރިކަަމަށް ކަނޑައަޅައިފިނަމަ ރަށުގެ މީހުން މޫދަށްއެރިލާ ޕިކްނިކް ހަދާލަން ޖާގައެއް ނުލިބިދާނެތީއެވެ.

ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތަކަކީ އައްމުންނަށް ބަންދު ސަރަހައްދު ތަކެއްކަމުން  ފުވައްމުލަކުގެ ތުނޑިން ބައެއް އާއްމު ބޭނުންތަކަށް ރައްޔިތުންނަށް ހުޅުވާލެވިފައި އޮންނަން ރައްޔިތުން އެދެއެވެ.

އެގޮތުން ބަލާއިރު ރަށުގެ ތުނޑީގެ ދެފަރާތް ފަތުރުވެރިކަމަށް ޚާއްސަ ކުރެވި މެދުން، ބައްތި ސަރަހައްދުން  އާއްމުންނަށް ބައެއް ހުޅުވާލެފައި އޮތުން ރަނގަޅުކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ހާމަކުރިއެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ޢާއިޝަތު 30 ޖުލައި 2019 18:07

    ފުވައްމުލަކު ތުނޑި އަކީ ދެމޫސުމައް ދެކޮޅަށް ދެމޭ ވެލި ގަނޑެއް އޮންނަ ތަނެއް. ރައްޔިތުން ޕިކްނިކު ދާކަށް ކައިރީގަ ފަލު ރަށެއް ނެއް🤔. ރަށުގެ ރައްޔިތުން ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ވިސްނަވާ. ރަށަށް އާމްދަނީ ލިބޭނެ އެހެނިހެން ގޮތްގޮތް ވެސް ހުންނާނެ. އަޅުގަނޑުގެ ޙިޔާލު