9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުން ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަނީ ފޮޓޯ: ފެނަކަ-ފުވައްމުލައް

މާދަމާ މެންދުރު މިސްކިތްމަގު އަދި ފުނާޑުގެ ބަޔަކުން ކަރަންޓް ޚިދުމަތް މެދުކަނޑާލަނީ

މިސްކިތްމަގުގެ ބަޔަކާއި ފުނާދު އަވަށުގެ ބަޔަކުން މާދަމާ، 8 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 14:00 ން 14:30 އަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފުވައްމުލައް-ފެނަކައިން ހާމަކޮށްފިއެވެ.

އެކުންފުނިން ހާމަކުރި ގޮތުގައި ކަނރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ ޚިދުމަތުގެ މެއންޓެނަންސް މަސައްކަތެއް ކުރުމުގެ ގޮތުން ނެވެ.

ފެނަކަ-ފުވައްމުލަކުން އަންނަނީ  ކަރަންޓްގެ ޚަދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކާއި މެއިންޓެނަންސް މަސައްކަތް ފުރިހަމަކޮށް ރައްޔިތުންނަށް އިތުބާރުކުރެވޭ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝަދު ދެއެވެ.ކިޔުންތެރިންގެ ޚިޔާލު