19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

ފުވައްމުލަކުގައި ބެއްވޭ ރަސްމީ ފުރަތަމަ މެރެތަން، 7 ސެޕްޓެްމްބަރ، 2019

މޯލްޑިވްސް ފުވައްމުލައް މެރެތަން ގެ ބައިވެރިވުމަށް ފަހުގެ ފުރުސަތު

އަންނަ ސެޕްޓެމްބަރު މަހު 7 ގައި ފުވައްމުުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުވައްމުލައް މެރެތަންގައި ބައިވެރިވުމުގެ އެންމެ ފަހުގެ ފުރުސަތު މާދަމާ ނޫން އަނެއް ދުވަސް، 21 އޯގަސްޓް ގެ މެންދުރު 2:00އަށް ހަމަވާނެއެވެ.

ރެޖިސްޓްރޭޝަންގެ އެންމެ ފަހުގެ ފުރުސަތުގައި ބައިވެރިވުމަށް 7437436 އާއި ގުޅައިގެނެ ވެސް ރެޖިސްޓްރީ ކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފުވައްމުލައް ސިޓީގައި ބޭއްވޭ ފުރަތަމަ މެރެތަން އެވެ. މިމެރެތަންގައި ހިމެނެނީ ފުލް މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރ ގެ ދުވުން ފަތިހު ފެށިގެން ދާނެއެވެ. އަދި ހެނދުނު 8:30 ގައި އާއިލީ މެރެތަން ވެސް ފެށިގެން ދާނެއެވެ. މި އިވެންޓްގައި ޓީމެއްގެ ގޮތުގައި އާއި އިންޑިވިޑުއަލްކޮށް ވެސް ބައިވެރިވެ ވެގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުލް މެރެތަން – 42.195 ކިލޯމީޓަރ، ފެށުން ދަންވަރު 2:00 ގައި

ހާފް މެރެތަން – 21.0975 ކިލޯމީޓަރ، ފެށުން ފަތިހު 5:30 ގައި

10ކމ ދުވުން – 10 ކިލޯމީޓަރ، ފެށުން ފަތިހު 5:30 ގައި

ފަން ރަން – 5 ކިލޯމީޓަރ، ފެށުން ފަތިހު 6:30 ގައި

kކުދަކުދިން އަދި ދޮށީ އުމުރުގެ މީހުންގެ ބައި – ފެށުން 8:30 ގައި

މި މެރެތަން އަކި އަހަރަކު އެއްފަހަރު ރާއްޖޭގެ އެކިހިސާބުތަކުގައި ބާއްވަމުން އަންނަ މެރެތަން އެކެވެ. މި ދުވުމުގައި އާއިލާއާއެކުކު ރައްޓެހިން އެކުގައި ދުވެލެވޭއިރު ޕްރޮފެޝަނަލް ބައިގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތައް ވެސް ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް މި ދުވުމުގައި އެންމެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ޝައުގުވެރިކަން ފާޅުކޮށް ފައިވަނީ 5 ކިލޯމީޓަރުގެ ބައިގައެވެ.

މި އިވެންޓްގެ ފޭސްބްކް ޕޭޖްގައި ވާ ޕޮލްއަަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން %47 މީހުން އަދި ދުވަހަކުވެސް ފުވައްމުލަކަށް އައިސްފައެއް ނުވެއެވެ.

މިއިވެންޓަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ ދުވުމެކެވެ. ޓްވަރިޒަމް މިނިސްޓްރީން ވެސް ވަނީ މިދުވުން ބަލައިގެން (އެންޑޯޒްކޮށް) ފައެވެ.

ކުރިން ފުވައްމުލަކުގައި ރަސްމީ މެރެތަންއެއް ބެއްވިފައި ނެތަސް ދިގު ދުވުންތައް، ނުވަތަ މެރެތަން އެކި މުނާސަބަތުތަކާއި ގުޅުވައިގެން ރަށުގެ ވަށައިގެންނާއި ބޮޑެތި މަގުތަކުގައި ވެސް ބޭއްވިފައި ވެއެވެ.

ރާއްޖޭގެ ފެންވަރުން ބާއްވާ މެރެތަން މުބާރާތްތަކުން ފުވައްމުލަކުގެ ދުވުންތެރިން ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.



ކިޔުންތެރިންގެ ޚިޔާލު