A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސީޓީ ފްލެޓަށް ޝަރުތު ހަމަވާ ފާރާތްތަކުގެ ލިސްޓް ޝަކުވާއަށް ހުޅުވާލައިފި

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތައް

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓް ދީ، ޝަކުވާއަށް ލިސްޓް އާއމުކޮށްފިއެވެ. އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލުން އާއްމު ކުރި ލިސްޓގައި ޝަރުތު ހަމަވާ މީހުންގެ ގޮތުގައި އޭ ކެޓެގަރީން 138 މީހުން ހިމެނެއެވެ. އަދި ބީ ކެޓަގަރީން ހިމެނެނީ 15 މީހުންނެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅަންޖެހެނީ މި އޯގަސްޓް މަހުގެ 27 ވަނަ ދުވަހުގެ އޮފީށް ބަންދުވުމުގެ ކުރިންނެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ދަޑިމަގާއި ދިގުވާނޑުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރަން ހަމަޖެހިފައި ވަނީ ދެ ކެޓަގަރިީއެއްގެ ދަށުންނެވެ. އެއީ އޭ ކެޓަގަރީން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދޫކުރާ 120 ފްލެޓާއި ފުވައްމުކަލަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ބީ ކެޓަގަރީން ހުޅުވައިލި 20 ފްލެޓެވެ.

އޭކެޓަގަރިއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ލިސްޓްގައި ހިމެނެނީ 138 މީހުންނެވެ. ވުމާއެކު މިކެޓަގަރިއަށް ކަނޑައެޅިފައިވާ 120 ފްލެޓް ދިނުމަށްފަހު ބާކީ 18 މީހަކަށް މިފަހަރު ފްލެޓް ނުލިބިދާނެއެވެ.

ބީ ކެޓަގަރީ އިން ހުޅުވާލި 20 ފުލެޓަށް ޝަރުތު ހަމަވެފައިވަނީ 15 ފަރާތެކެވެ. ވުމާއެކު ބެލެވޭ ގޮތުގައި މި އެންމެންނަށް ފްލެޓް ލިބޭނެއެވެ. އަދި ބާކީ 5 ފްލެޓް ހުންނާނެއެވެ. އެފްލެޓަށް އަދި ވަކި ގޮތެއް ކަނޑައަޅާފައިވާކަން ހާމަކޮށްފަައެއް ނުވެއެވެ.

ފުވައްމުލަކުގައި އަޅާފައިވާ 200 ފްލެޓް ތެރެއިން ހުޅުވައިލި 140 ފްލެޓަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ފުވައްމުލައް ސިޓީގެ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ކުރިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ލިސްޓްގައިވާ ޕޮއިންޓާއި މިފަހަރުގެ ލިސްޓްގެ ޕޮއިންޓްގައި ފަރަގުތަކެއް އެބަހުއްޓެވެ. އެފަދަ ފަރާތްތަކަށް ވެސް ޝަކުވާ ހުށަހެޅުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމު ކުރާނީ މިހާރު އާއްމުކޮށްފައިވާ ލިސްޓަށް ލިބޭ ޝަކުވާ ބެލުމަށްފަހު ލިސްޓަށް ގެންނަންޖެހޭ އުނި އިތުރެއް ވާނަމަ އެކަން އިސްލާހުކޮށްގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީ ފްލެޓް ވަގުތީ ލިސްޓް 2019 އޯގަސްޓް

މިއީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކުރި ފްލެޓްތަކެކެވެ. މިއިމާރާތް ނިމި ބޭނުންނުކުރެވި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މި އިމާރާތްތަކުގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އިމާރާތްތައް އިމާރާތްތައް ނިމިފައިވިޔަސް އެތަނަށް ބޭނުންވާ ކަރަންޓާއި ނަރުދަމާ، ފާޚާނާ ނިޒާމު ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިޔުމުން އެތަން ބޭނުން ކުރެވޭގޮތް ނުވެ އޮތީކަމަށް ވެއެވެ.

މި ޕްރޮޖެކްޓަކީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފްލެޓް އެޅުމަށް ކަނޑައެޅި މަޝްރޫއުގެ ތެރެއިން ފުވައްމުލައް ސިޓީގައި އަޅަން ހަމަޖެހުނު ފްލެޓްތަކުގެ ތެރެއިން ބައެއް ރައީސް ޔާމީނު ސަރުކާރުގައި ހުޅުމާލެއަށް ބަދަލުކުރުމަށް ފަހު ބާކީ ހުރި 200 ފްލެޓެވެ. ފްލެޓް ތައް އިމާރާތް ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

އެމްޑީޕީގެ އައު ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.

ކުރީގެ ގުޅޭ ލިޔުންތައް

ފުލެޓް އެޅުމަށް ހަވާލުވެފައިވާ ފަރާތާއިއެކު ފުވައްމުލަކު އަތޮޅު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

ފުވައްމުލަކުގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބިންތައް ވިއްކާލަނީ

ފުވައްމުލަކުގައި 800 ހައުސިންގ ޔުނިޓް އަޅަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !