A wide advertisement which will be shown on all devices. (700 x 100)

ދިވެހި އުފެއްދުންތައް އެއަރޕޯރޓުގައި ވިއްކަން ބެހެއްޓުމުގެ ފުރުސަތު

ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓް ސޮސައިޓީން އުފެއްދި ފުވައްމުލަކުގެ އުފެއްދުމެއް - އަލަ ޗިޕްސް

އެއަރޕޯރޓްގައި ހުޅުވުމަށް ހަމަޖެހިފައިވާ ޑިއުޓީ ފްރީ ޝޮޕްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުވާލެވިފައިވާ ފުރުސަތާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯރޓްތަކުގައި ހުޅުވާ ޑިއުޓީ ފްރީ ފިހާރަތަކުގައި ފުވައްމުލަކުގެ އަމިއްލަ އުފެއްދުންތައް ވިއްކުމައްޓަކައި ބެހެޓުމާއި ގުޅޭ ގޮތުން މިސެޝަނުގައި މައުލޫމާތު ފޯރުކޯށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގެ އުފެއްދުމެއް ކަމަށްވާ އަލަ ޗިޕްސް ކުރިން ވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަންލަ އެއަރޕޯރޓު (އައިއެންއޭ)ގެ ޑިއުޓީ ފްރީ ފިހާރައިން ވިއްކަން ބަހައްޓާފައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިއޮތީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް (އައިއެންއޭ)ގައި ހުރި ދިވެހި އުފެއްދުންތައް ވިއްކާ ފިހަރައިން ގިނަ ފަހަރާ ފުވައްމުލަކުގެ އެ ޕްރޮޑަކްޓް ލިބެން ނުހުންނާތީއެވެ.

ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރެވިފައިވާ އެ ޕްރޮޑަކްޓް މިހާރު ނުފެންނާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ފަން އެކްސްޕޯ 2019ގެ ނަމުގައި ބާއްވާއްވާ ދިވެހ އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒުގައި ތަކެތި ބައިވެރި ކުރުމާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައ ވަނީ މިރޭ (1 ސެޕްޓެމްބަރ 2019) 8:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މިބައްދަލުވުމުގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދައުވަތު އަރުވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !