A wide advertisement which will be shown on all devices. (700 x 100)

ޒިކުރާ އިންޓަރނޭޝަނލް ކޮލެޖުން މެލޭޝިއާގެ ޔޫއައިޓީ އާއިއެކު ކޯސްހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މެލޭޝިއާގެ ޔޫއައިޓީއެމް އާއެކު ކޯސްހިންގުމުގެ އެއްބަސްވުމެއް ގާއިމުކުރުން

ފުވައްމުލައް ސިޓީގައި އިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާ (ޔޫއައިޓީއެމް) އަކާއެކު ކޯސްތައް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ފުވައްމުލަކު ޒިކުރާ ކޮލެޖުގެ ކެމްޕަހުގައި ބޭއްވުނު މި އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޒިކުރާ ކޮލެޖުގެ ފައުންޑަރ މުހައްމަދު ވަހީދު (ކެނެރީގެ ވަހީދު) އާއި ސިޓީ ކައުންސިލްގެ މޭޔަރ ފަލާހު ޝަރީފުއާއި ޑެޕިއުޓީ މޭޔަރގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަަދު ދީދީ ވެސް ބައިވެރި ވެ ވަޑައިގަތެ.

މިއެއްބަސްވުމުގައި ޒިކުރާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ރެކްޓަރ އަހުމަދު ނަފީސުއެވެ. އަދި މެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގެ ފަރާތުން ސޮއި ކުރެއްވީ އެޔުނިވަރސިޓީގެޑެޕިއުޓީ ވައިސް ޗާންސެލަރު ޕްރޮފެސަރ ޑރ. މުހައްމަދު ކަމާލް ހާރޫނެވެ.

ޔޫއައިޓީއެމް އަކީ މެލޭޝިއާ ދައުލަތުގެ (ޕަބްލިކް) ޔުނިވަރިސިޓީއެކެވެ. އެ ޔުނިވަރސިޓީގައި ފައުންޑޭޝަނުން ފެށިގެން ޕޯސްޓްގުރެޖުއޭޓް ކޯސްތަކާއި ހަމަކަށް ކޯސްތައް ކުރިޔަށް ގެންދާ 34 ކެމްޕަސް މެލޭޝިއާގެ އެކި ސްޓޭޓްތަކުގައި ހުރެއެވެ. މެއިން ކެމްޕަސް ހުންނަނީ ކުއާލަރ ލަމްޕޫރުގެ ޝާހު އާލަމްގައެވެ.

މި ޔުނިވަރިޓީ އުފެދިގެންއައީ ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި މެލޭޝިއާއަށް ބޭނުންވާ ޕްރޮފެޝަނަލް މަސައްކަތްތެރީން އުފެއްދުމަށެވެ. އެގޮތުން ބޮޑަށް އަމާޒުކުރެވިފައި ވަނީ މެލޭދަރިކޮޅު ކަމަށްވާ “ބުމިޕްތްރާސް” މީހުންނަށް މަސައްކަތުގެ ތަމްރީނު ދޭ މަރުކަޒެއްގެ ގޮތުގައި 1967 ގައެވެ. އޭގެ ކުރީގައި، ރޫރަލް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އޮތޯރިޓީ، ރިދާ (އާރްއައިޑީއޭ) ނަމުގައި 50 ދަރިވަރުންނާއެކު 1956 ގައި ވެސް ތަމްރީނުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މެލޭޝިއާގެ ޔޫއައިޓީއެމް އާއެކު ކޯސްހިންގުމުގެ އެއްބަސްވުމެއް ގާއިމުކުރުން

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ ފުވައްމުލަކުގައި އަމިއްލަ ފަރާތަކުން ހިންގާ ތަމްރީނު ދޭ ކޮލެޖެކެވެ. އެކޮލެޖުގެ ކެމްޕަހެއް ސ. ފޭދޫގައި ވެސް މިހާރު ކުރިޔަށް ގެންދެއެވެ. ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގައި ފުވައްމުލަކުގެ ގިނައަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

މިއީ އެކޮލެޖުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓިއަކާއި އެކު ކޯސް ހިންގުމުގައި މިފަދަ އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ފަހަރުކަމަށް ވެއެވެ.

އެއާއެކު އެކޮލެޖުގެ ނަމަށް “އިންޓަރނޭޝަނަލް” ލައިގެން ކިޔާ ފާޑުކިޔުންތަކަށް ނިމުމެއް އަންނާނެކަމަށް ބެލެވެއެވެ. އެއީ ބައިނަލް އަގުވާމީ ގޮތުން އެކޮލެޖު ރިކޮގްނައިޒް ވެގެންދާނެތީއެވެ.

ރާއްޖޭގައި މިވަގުތު ހުރީ އިންޓަރނޭޝަނަލް 2 ކޮލެޖެކެވެ. އެއީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ އިތުރުން މާލޭގައި ހުންނަ މިއާންޒް އިންތަރނޭޝަނަލް ކޮލެޖް (އެމްއައި ނުވަތަ މައި ކޮލެޖް) އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !