25 މެއި 2020 ( ހޯމަ )

banner

ޑރ.ޖަމީލު އަނެއްކާވެސް ކުރިމަތި ލައްވަނީ އަނދަވަޅަކަށް ބާ؟

ޑރ.ޖަމީލުގެ ސުލޫކީ މައްސަލައެއް ޖޭޕީ ކައުންސިލަށް

ޑރ. މުޙައްމަދު ޖަމީލް އަހްމަދު އާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއަށް ސުލޫކީ މައްސަލއެއް ހުށަހަޅައިފިއެވެ. ކުރީގެ ނާއިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ ޑރ. ޖަމީލުއާއި ގުޅެ ގޮތުން ސުލޫކީ މައްސަލއެއް އެ ޕާޓީއަށް ހުށަހެޅީ އެޕާޓީގެ ކައުންސިލް މެމްބަރެކެވެ.

އެމައްސަލަ ހުށަހެޅުއްވީ ސަރުކާރު ކޯލިޝަނުގައި ޖޭޕީ އޮވެ އިދިކޮޅު ޕާޓީ ޕީޕީއެމް އަދި ކުރީގެ ރައީސްް އަބްދުﷲ ޔާމީނާއިއެކު ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާތީ ކަމަށް ވެއެވެ.

މިސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ޖޭޕީގެ ކައުންސިލަށް ހުށަހެޅި އެމައްސަލަ އަދ ޖޭޕީން ބަލާފައެއް ނުވެއެވެ. އެޕާޓީން މީޑިއާއަށް ބުނެފައިވަނީ ޑރ.ޖަމީލް އާއި ގުޅޭގޮތުން ހުށައަޅާފައިވާ ސުލޫކީ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވަނީ އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީކަމަށް އެޕާޓީގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން ޢަލީ ޞާލިހް މީޑިއާއަށް ވިދާޅުވެފައި ވަނީ ޑރ.ޖަމީލަކީ އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ކަމަށްވެފައި އޭނާއާއި މެދު ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ކަމަށެވެ. އެމައްސަލަ ހުށަހެޅުނުފަހުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށެވެ.

މި ސެޕްޓެމްބަރު މަހު ޑރ.ޖަމީލް ވަނީ ރައީސް ޔާމީނާ އެކު އދ. އަތޮޅުގެ ބައެއް ރަށްރަށް ވަޑައިގެން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންފައެވެ. މީގެ އިތުރުން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް މަގާމެއްގައި ހުންނަވައިގެން ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިހާރު ކުރިޔަށްދާ ރައީށް ޔާމީނުގެ ޝަރިއަތުގެ ކަންކަމުގައި ގާނޫނީ ލަފާދޭ ކަން ވެސް ޑރ. ޖަމީލު ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޔާމީނުގ ފުރަތމަ ނާއިބުގެ ގޮތުން ޖަމީލަށް ނއިާބު ރައީސް ކަން ކުރަން ލިބުނި ވަރަ ށްކުޑަ ދުވަސްކޮޅެކެވެ. އޭނާ މަގާމުން ވަކިކުރާ އުސޫލުތަކާއި ޚަލާފަށްކަމަށާއި އަދި އޭނާ ހައްޔަރުކޮށް ޖަލަސްލުމަށް މީހުން ފާރަލުމް ދިޔަކަން ވެސް މީޑިއާގައިވަނީ ޑރ ޔޖަމީލު ހާމަކުރައްވާފައެވެ. ނަމަވެސް އެފަހަރު ރައީސް ޔާމީނުގެ ކިބައިން ޑރ. ޖަމީލަށް ސަލާމަތްވެވުނީ ލަންކާ މަގުން އިނގިރޭސިވިލާތަށްގޮސްގެނެވެ.ކިޔުންތެރިންގެ ޚިޔާލު