A wide advertisement which will be shown on all devices. (700 x 100)

ލީޑަރުން ކުރިމަތީ ކުރި މުޒާހަރާއަކީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ އަލާމަތް – ޑރ.ޖަމީލު

އިއްޔެ ހޮޓެލް ޖެންގައި 4 ލީޑަރުނގެ ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިމެނޭ ސަރުކާރާއި ގުޅިފަިއވާ ކޯލިޝަނުގެ 4 ލީޑަރުން ނޫސް ކޮންފަރެންސެއް ދެއްވަނިކޮށް އެތަނުގައި ކުރި މުޒާހަރާ އަކީ ކޯލިޝަން ރޫޅުމުގެ ފުރަތމަ އަލާމާތް ނުވަތަ ނިޝާން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. މިއަދު ޑރ. ޖަމީލު ކުރެއްވި އެ ޓުވީޓަށް ގިނަ ބަޔަކު އަންނަނީ ރައްދު ދެމުންނެވެ.

ކޯލިޝަންގެ އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމްގެ އެޑުވައިޒަރ ޑރ. ޖަމީލު ސިފަ ކުރުއްވާފައި ވަނީ، އިއްޔެ ގެ މުޒާހަރާއަކީ ކޯލިޝަންގެ ތެރެއިން ބަޔަކު ރާވައިގެން ކުރި ކަމެއްގެ ގޮތުގައެއެވެ.

މި މޭރުމުން ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ:

“އެއީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ ސިގްނަލް ކަމަށެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކު ރާވާފައިވާ އެއްވުމެއް ކަމަށެވެ. އެންމެން އެކުވެގެން އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ރައްޔިތުން ކުރިމަތީ ކޯލިޝަންގެ އިތުބާރު ގެއްލުވާލުން ހުއްޓުމަކަށް އަންނާނީ ކޮން ދުވަހަކުތޯއެވެ؟ އަޅުގަނޑުމެންނަށް މިފެންނަނީ އިތުބާރެއް ނެތް ސިޔާސީ ކުރިމަތިލުމެއްގެ ފެށުން ހެއްޔެވެ؟ މިކަމުގެ ޒިންމާ ގައުމުގެ ލީޑަރުން އުފުއްލަވަން ޖެހޭނެ ކަމަށެވެ.”

ޑރ. ޖަމީލު އިޝާރާތް ކުރެއްވި އެއްވުމުގައި ބައިވެރިވި 10 ވަރަކަށް މީހުން ބެނާއާއި ބޯޑު ތަކުގައި ލިޔެގެން ޝުއޫރު ފާޅުކޮށްފައި ވަނީ “މަހުޖަނުންގެ ނުފޫޒުން މަޖުލިސް މިނިވަން ކުރޭ!” އާއި “ބޮޑު މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ” އާއި “މަޖުލިސް ގޮނޑި ގަނެވިއްކާ އެއްޗަކަށް ނަހަދާ” އާއި ދައުރު ނިމޭ އިރު މެންބަރުން މުއްސަނދިވުން އެއީ ޚިޔާނާތެއް” އާއި “މާލީ ބަޔާން ހާމަނުކުރާ މެންބަރުން މަޖުލީހަށް ނުހޮވާ” މިފަދަ އިބާރާތްކެކެވެ.

މިއީ ކޯލިޝަންގެ އެއްވެސް ޕާޓީއަކުން ކުރިކަމެއް ނޫންކަމަށް ޖަމީލަށް ރައްދު ދިން ބައެއް މީހުން ބުނެފައި ވެއެވެ.

އެމްޑީޕިއަންސްގެ ނަމުގައި ޖަމީލުގެ ޓްވީޓަށް ރައްދު ދެމުން ބުނެފައި ވަނީ މީހަކު ‘މަހުޖަނު’ އޭ ބުނާ ކޮންމެ ފަހަރަކު އެއީ ގާސިމު ކަމަށް ވާން ނުޖެހޭ ކަމަށާއި މަހުޖަނު މިއީ ހަމައެކަނި ގާސިމަށް ރައްދުވާ ބަހެއް ކަމަށް ދެކެނީ ހެއްޔެވެ؟ އަދި ބަޔަކު މުޒާހަރާއެއް ކުރާއިރަށް އެއީ އެމްޑީޕީއަށް ވާކަށް ނުޖެހޭ ކަމަށެވެ.

“ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަޑާލާނެ ހެން – އަދުހަމް ކިޔާ މީހަކު ރައްދު ދެމުން ބުނެއެވެ.

“އަހަރެމެން، މީ ކޯލިޝަނާއި ބެހޭ ކަމެއް ނޫން. އަހަރެމެން ދެކޮޅީ މުއްސަނދިންނާއި. އަހަރެމެން މީ ކޯލިޝަނެއް ނޫން. މިއީ ގައުމުގެ ރައްޔިތުން” އެކަކު ރައްދު ދީފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !