މިނިމަމް ވޭޖް

ދިވެހިރާއްޖޭގައި އެންމެ ދަށް މުސާރަ ކަނޑައެޅުން 8 ނޮވެމްބަރު 2021
Share on facebook
Share on twitter
Share on google

މުހައްމަދު ފިކުރީ

ސަރުކާރުން އިއްޔެ އިޢުލާންކުރި ދިވެހިރާއްޖޭގެ މިނިވަން ވޭޖް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބޭނެގޮތް ހެދުމާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި މިކަން ހިމެނިގެންދާނީ އިންޤިލާބީ ހެޔޮ ބަދަލަކަށެވެ. އަދި މިއީ އެމްޑީޕީގެ ސަރުކާރުން މީގެ 10 އަހަރު ކުރިން ތަންފީޒުކުރަން ފެށި ދިވެހިރާއްޖޭގެ އިޤްތިޞާދީ އިސްލާޙުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް ވެސް މެއެވެ.

 

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޓެކްސްގެ ނިޒާމް ތަޢާރަފްކުރެވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމަށް ފަށައިގަނެވުނެވެ. އަދި ދެވަނަ ސަރުކާރުގައި 2020 ވަނަ އަހަރު ޓެކްސްގެ ނިޒާމްގެ އެންމެ މުހިންމު ބައިކަމަށްވާ މުއްސަނދިންގެ އަތުން ނަގާ އާމްދަނީގެ ޓެކްސް (އިންކަމް ޓެކްސް) ވަނީ ނަގަން ފެށިފައެވެ. މިހާރު މިވަނީ އެންމެ ދަށް މުސާރަ ކަނޑައޅާފައެވެ. ހަމައެއާއެކު އަންނަ އަހަރު، ވަޒީފާއެއް ނެތް ފަރާތްތަކަށް ދެވޭ އެލަވަންސް (އަންއެމްޕްލޯއިމެންޓް އެލަވަންސް) ވެސް އެމްޑީޕީ ސަރުކާރުން އިރާދަކުރެއްވިއްޔާ ދިވެހީންނަށް ދޭން ފަށާނެއެވެ.

ދިވެހިރާއްޖޭގައި އެންމެ ދަށް މުސާރަ ކަނޑައެޅުން 8 ނޮވެމްބަރު 2021އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޓެކްސްގެ ނިޒާމް ތަޢާރަފްކުރެވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމަށް ފަށައިގަނެވުނެވެ. އަދި ދެވަނަ ސަރުކާރުގައި 2020 ވަނަ އަހަރު ޓެކްސްގެ ނިޒާމްގެ އެންމެ މުހިންމު ބައިކަމަށްވާ މުއްސަނދިންގެ އަތުން ނަގާ އާމްދަނީގެ ޓެކްސް (އިންކަމް ޓެކްސް) ވަނީ ނަގަން ފެށިފައެވެ. މިހާރު މިވަނީ އެންމެ ދަށް މުސާރަ ކަނޑައޅާފައެވެ. ހަމައެއާއެކު އަންނަ އަހަރު، ވަޒީފާއެއް ނެތް ފަރާތްތަކަށް ދެވޭ އެލަވަންސް (އަންއެމްޕްލޯއިމެންޓް އެލަވަންސް) ވެސް އެމްޑީޕީ ސަރުކާރުން އިރާދަކުރެއްވިއްޔާ ދިވެހީންނަށް ދޭން ފަށާނެއެވެ.

މިހިރަ މިހިރަ ކަންކަމަކީ ފިސާރި ކެރިގެން ކުރެވޭނެ ކަންކަމެވެ. އަދި އެއީ އެކަންކަން ގެނައުމުގައި މަހުޖަނުންގެ ފަރާތުން ބޮޑެތި ސިޔާސީ ފިއްތުންތަކެއް ސަރުކާރަށް ކުރިމަތިކުރުވާ ކަންކަން ވެސް މެއެވެ. އެހެންނަމަވެސް، މިކަންކަން ހަމަޖެހި ހިމުންވެގެން މި ދަނީ އެމްޑީޕީއިން ރައްޔިތުންނަށް ވެފައިވީ ވަޢުދުތައް ފުއްދުމުގެ ގޮތުން، ސަރުކާރާއި ރައްޔިތުންގެ މަޖުލީހުން ގިނަ، ބޮޑެތި މަސައްކަތްތަކެއް ކޮށްގެނެވެ.

މި ކަންކަމަކީ އެންމެން ހިތް އެދޭ ގޮތަށް ނުވެ ހިނގައިދާނެ ކަންކަން ވެސް މެއެވެ. ޚާއްސަކޮށް ވިޔަފާރި ވެރިންނެވެ. އެހެންނަމަވެސް، މިކަންކަން ކަނޑައެޅި ތަރުތީބުވެ ތަންފީޒުވާން ފެށުމުން މިއީ، މިކަންކަން ނެތުމަށް ވުރެ އޮތުން، ރައްޔިތު މީހާއަށް ހެޔޮވާ ލައްކަ ބޮޑު ނިއުމަތެކެވެ. މިނިމަން ވޭޖްގައި ހިމެނޭ ޢަދަދުތަކާއި ކަންކަމަކީ އަބަދު ވެސް އިސްލާޙުކޮށް މުރާޖަޢާކުރެވޭނެ ކަންކަމެވެ. އެކަމަކު، އިރާދަކުރެއްވިއްޔާ ދެން މިކަން މުލުންލުހެ، އުފުރާލުމަކީ އެއްވެސް ސަރުކާރަކުން ކުރަން ކެރޭނެ، ނުވަތަ ކޮށްފާނެ ކަމެއް ކަމުގައި ނުފެނެއެވެ. ކުރިއްޔާ ކުރަންޖެހޭނީ އިތުރެވެ. ދޮށީ ޢުމުރުގެ ޕެންޝަނާއި، އެކަނިވެރި މައިންގެ އިނާޔަތާއި، އާސަންދަ ފަދައިންނެވެ.

އެމްޑީޕީގެ ސިޔާސަތު ތަކާއި، އެޖެންޑާ 19 ހަމަ ތަފާތެވެ. އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖެއަށާއި ދިވެހިންނަށް ކޮށްދެނީ ހެޔޮވެރިކަމެވެ. މިތާރީޚީ މުނާސަބާގައި، މެދުއުތުރު ދާއިރާގެ ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އިގުތިސޯދީ ވަޒީރަށާއި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ޝުކުރާއި އެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. މިރާއްޖެ ތަނަކަށްވާނީ ރައްޔިތުމީހާގެ ޖީބު ތަނަވަސް ވެގެންނެވެ!

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments