9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ދެކުނު ދާއިޜާގެ އެމްޕީ ރައްޔިތުންނާއި މިރޭ ބައްދަލުކުރައް ވަނީ

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޕީ މިރޭ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ފުވައްމުލަކު ދެކުނު ދާއިރާ ރައްޔިތުންގެ މަޖުލީހުގެ މެމްބަރު މުޙައްމަދު މުމްތާޒް ފުވައްމުލަކު ދެކުނު ދާއިރައި ރައްޔިތުންނާއިއެކު ބައްދަލުކުރުން މިރޭ (24 ސެޕްޓެމްބަރު 2019) ފުވައްމުލަކު ސްކޫލް ބާއްވަން އިއުލާންކޮށްފިއެވެ.

މިރޭގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 9:00 ގައި ފުވައމްުލަކު ސްކޫލުގައެވެ. މި ބައްދަލުވުމުގައި ފުވަމުލަކު ދެކުނު ދާއިރާގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގަތުމަށް އެދިފައި ވެއެވެ.

މީގެ ކުރިން އެމްޕީ މުމްތާޒު ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޒުވާނުންނާއިއެކު ވަކިން ވެސް ބައްދަލުވުމެއް ބާއްވާފައެވެ.

މެންބަރުން ދާއިރާގައި ނޫޅޭ ވަގުތުތަކުގައި ރައްޔިތުންނަށް ގުޅޭނެ ގޮތަށް ކޮންމެ ދާއިރާއެއްގައި އޮފީހެއް ގާއިމުކޮށް އެ އޮފީހަށް މުވައްޒަފެއް ކަނޑައަޅައި އިއުލާންކޮށްފައި ހުންނަނާނެ ކަމަށް އެޖެންޑާ 19ގައި އޮންނަ އޮތުމާއެއްގޮތަށް އެމްޕީ މުމްތާޒު ވަނީ ފާއިތުވި އޯގަސްޓް މަހު ދައިރާގައި އޮފީހެއް ހުޅުވާފައެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޕީ އޮފީސް ހުޅުވުމުގެ ރައްސިއްޔާތުގައި ބައިވެރިވި ބައެއް މެހުމާނުންނާއެކު

މިއީ އެމްޑީޕީ މަޖުލިސް މެންބަރުން ދާއިރާގެ ރައްޔަތުްނާއި ބައްދަލުކުމަށްބާއްވާ ސިލްސިލާގެ ތެރެއިން ކުރިޔަށްގެންދެވޭ ބައްދަލުވުމެއް ކަމަށް ވެއެވެ. އެގޮތުން ފުވައްމުލަކުގެ އަނެއް ދެދާއިރާގެ މެންބަރުން ވަނީ ރައްޔިތުންނާއެކު ބައްދަލުވުމެއް ކުރިން ބާއްވާފައެވެ.

މިއީ ރައްޔިތުންގެ މަޖުލީހުގެ ދެވަނަ ދައުރުދެމެދު ޗުއްޓީ ދުވަސްވަރެވެ. މަޖުލީހުގައި އޮންނަނީ އަހަރަކު 3 ދައުރެވެ.ކިޔުންތެރިންގެ ޚިޔާލު