A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކޯޓަށް ބަންދުގައި ބަހައްތައިގެން މީހަކު ހާޒިރުކުރުމަށް އަމުރު ނެރެފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިވާ މުހައްމަދު /ވުޑުވިލާ، ފުވައްމުލައް

ފުވައްމުލަކު ކޯޓަށް ބަންދުގައި ބަހައްޓައިގެން ފުވައްމުލަކުމީހަކު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު ކޯޓު އަމުރަކާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލާގައި ފުލުން ހޯދަމުން އަންނަނީ އުމުރުން 42 އަހަރުގެ މުޙައްމަދު، އުޑުވިލާ / ޏ. ފުވައްމުލައް އެވެ.

މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ކުރުމާއި ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.

މީނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !