6 އޭޕްރީލް 2020 ( ހޯމަ )

banner

ޕިންކް ރިބަން ދުވުން-ހިނގުން ކުރިޔަށްދާނެ މަގު

ޕިންކް-ރިބަން ދުވުމާއި ހިންގުން އަންނަ ހޮނިހިރު ދުވަހު ހަވީރު

ޕިންކް-ރިބަން ދުވުން-ހިނގުން އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ބޭއްވުމަށް ފުވައްމުލައް ހޮސްޕިޓަލުން ތައްޔާރުވަމުން އެބައާދެއެވެ.

މިއީ އުރަމަތީގެ ކެންސަރަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އަހަރަކު އެއްފަހަރު ކުރިޔަށްގެންދާ ދުވުމާއި ހިންގުން ހިމެނޭ ހަރަކާތެކެވެ. މިހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ 26 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ފުވައްމުލައް ސިޓީ ނާއިބު ތުއްތު މަގުގެ ފުވައްމުލައް ސިޓީ ލޯކަލް މާރުކޭޓް ހިސާބުންނެވެ. މި ދުވުމާއި ހިންގުން އެހިސާބުން ފެށިގެން އިރަށް ގޮސް ބަނދަރުން އަނބުރާލާފައި އައިސް ނިންމުމަށް ހަމަޖެހިފައި ވަނީ މާނޭރާއި ހަމައިންނެވެ.

މިހަރަކާތުގައި ބައިވެރިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާރޓް ފުވައްމުލައް ހޮސްޕިޓަލު ރިސެޕްޝަނުން ގަންނަން ލިބެން ހުންނާނެ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ހަރަކާތެކެވެ. މިހަރަކާތުގައި ބައިވެރިވުމަށް ހޮސްޕިޓަލުން ވަނީ އާއްމުކޮށް ހުޅުވާލެވިފައިވާ ދައުވަތެއް ދީފައެވެ.

ބައިނަލްއަގުވާމީ ބްރެސްޓް ކެންސަރ އެވެއަރނެސް މަސް ފާހަގަ ކުރުމުގެ ގޮތުން މިއޮކްޓޯބަރު މަހުގައި ވަނީ ސްކޫލު ކުދިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ހޮސްޕިޓަލުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ބްރެސްޓް ކެންސަރ – ޕިންކް ރިބަން ނިޝާން

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދީފިކިޔުންތެރިންގެ ޚިޔާލު