A wide advertisement which will be shown on all devices. (700 x 100)

އެންމެ އަލިގަދަ ތަރި: ފުވައްމުލަކުގެ 2 ބައިވެރިން ގަދަ 8އަށް

އެންމެ އަލިގަދަ ތަރީގެ ގަދަ 8 އަށް ދަތުރުކުރި ފުވައްމުލަކުގެ ދެބައިވެރިން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގައި ފުވައްމުލަކުން ވާދަކުރާ3 ބައިވެރިންގެ ތެރެއިން 2 ބައިވެރިން ގަދަ 10އެއް ކާމިޔާބުކޮށް ގަދަ 8 އަށް ދަތުރުކޮށްފިއެވެ.

ގަދަ 10ގެ ބުރުގައި ފުވައްމުލަކުން ވާދަކުރީ ދޫނޑިގަމު ދަހަނާ އަލީ އިބްރާހިމް ދީދީ އާއި ހޯދަޑު އަވަށުން ވިދާތަރި އަބްދުﷲ މުފީދު އާއި ޔާފާ ހައްވާ ސައުސަން އެވެ. މީގެ ތެރެއިން ގަދަ 8 އަށް ދަތުރުކުރީ މިޙާރު ހާފިޒު އަހުމާދު ސްކޫލުގެ އަރަބިޓިޗަރެއްގެ ގޮތުގައި މަަސައްކަތް ކުރައްއވާ
އަބްދުﷲ މުފީދުއާއި އައިޑިއަލް ސްކޫލުގެ މުދައްރިސެއް ކަމަށްވާ

ހައްވާ ސައުސަން އެވެ.

މިހާރު ރެކޯޑިން ނިމިފައިވާ މިބުރުގެ ކިޔެވުން އަދި ޓީވީއެމުން ނުދައްކައެވެ. ލަފާ ކުރެވޭ ގޮތުން މިރޭ ޓީވީއެމުން މިބައި ދައްކާނެއެވެ.

އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ބައިވެރިއަކު މިކަލް ނޫހަށް މައުލޫމާތު ދެމުން ބުނީ ޓީވީއެމުން ފަންނީ ގޮތުން އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ފަރިތަކުރުންތަކާއި މަޢުލޫމާތު ހޯދުމުގެ ކަންތަކުގައި ގައިޑް ކޮށްދީ ތަމްރީނު ކުރާނެ ބަޔަކު ހަމަޖައްސާދީަފއި ނުވާކަމަށެވެ. ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ރިއަލީޓީ ޝޯގެ ބައިވެރިންނަށް ޓެކްނިކަލް އެހީތެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ދީ ގައިޑްކޮށްދީފައި ވާކަން ޓީވީ ބެލުންތެރިންނަށް ވެސް ފާހަނގަ ކުރެވޭނެއެވެ.

އެންމެ އަލިގަދަ ތަރީގެ ޖަޖުން އަމަލުކުރާ ގޮތާއި މެދު ހިތްމަނުޖެހިގެ ސޯޝަލް މީޑީއާގއި ވަނީ ތަފާތު ޝުއޫރުތައް ފާޅުކޮށްފައެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ބައިވެރިންނާއި މެދު ތަފަތު ގޮތެއް ގެންގުޅޭކަމަށް ލިޔެފައިވެއެވެ.

ކުރިން މިކަލް ނޫހަށް މައުލޫމާތު ދިން އެހެން ބައިވެރިއަކު ބުނެފައި ވަނީ އެމީހުންގެ މާލެ އައިސް ތިބުމުގެ ޚަރަދުގެ ކަންތަތައް ފުވައްމުލަކު އަތޮޅު ކައުންސިލުން ހަމަޖައްސައިދޭ ކަމަށެވެ.

މިއަހަރުގެ އަލިގަދަ ތަރީގެ ފުރަތަމަ އޯޑިޝަނުން ހޮވިގެން ފުވައްމުލަކުގެ 7 ބައިވެރިޔަކު ދެވަނަ ބުރަށް މާލެ ދިޔައެވެ. ނަމަވެސް ފައިނަލް ބުރުން ޖާގަ ލިބުނީ ފުވައްމުލަކުގެ 3 ބައިވެރިންނަށެވެ. އެއިގެތެރެއިން ގަދަ 10ގެ ބުރަށްފަހު އަލީ އިބްރާހިމް ދީދީ ދަހަނާ މިވަނީ މުބާރާތާއި ވަކިވެގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުން:

އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ގަދަ 10އަށް ފުވަމުލަކުގެ 3 ބައިވެރިން ވެސް ދަތުރުކޮށްފި

އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !