A wide advertisement which will be shown on all devices. (700 x 100)

ހަފުތާ ރެސް ފެށުން އަންނަ ހަފުތާ ބަންދަށް ފަސް ކޮށްފި

ހަފުތާ ރެސް ބާއްވާ ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑު؛ ފޮޓޯ: މުޙައްމަދު ޝަހީދު-ގޫގުލް ސްޓްރީޓް ވ

ހަފުތާ ރެސްގެ ނަމުގައި އިއްޔެ (22 ނޮވެމްބަރުގައި) ބޭއްވުމަށް އިއުލާން ކުރި ފެއަރ މިހަފުތާގެ ބަންދުގައި ފެށުމަށް ފަސްކޮށްފއެވެ. ފުވައްމުލައް ސިޓީ ކައުންސިން މިހާރު ހާމަކުރައްވާފައިވާ ގޮތުގައި މި ފެއަރ ބޭއްވޭނީ މި ނޮވެމްބަރު މަހު 22-23 ވާ ހުރު އަދި ހޮނިހިރު ދެދުވަހު ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުގައެވެ.

ހަފުތާ ރެސް ފެއަރ އަކީ ވީކްއެންޑް މާރކެޓް އަކާއިއެކު މުނިފޫހިފިލުވުމުގެ އައްިޓަމް ތައެ އެކުލަވާލެވިގެން ހަވީރާއި ރޭގަނދު ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތެކެވެ. މިއި މިސަރުކާރުގެ ރިޔާސި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިފެއަރގެ މައިގަނޑު މަގުސަދަކީ އާންމު ފަރުދުންނާއި، ޒުވާނުންނަށާއި، އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަފާރީގެ މާހައުލަށް ތައާރަފްކޮށް، އެކަމަށް ހިތްވަރު ދިނުން ކަމަށް ފުވައްމުލައް ސިޓީ ކައުނސިލުްނ ހާމަކުރައްވައެވެ. މިގެ އިތުރުން ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި އެފަރާތްތައް ބާރުވެރިކުރުވުމާއި، އާއްމު ރައްޔިތުންނަށް ބާޒާރުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި އެއްތަނަކުން ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ހާމަކުރައްވާފައި ވެއެވެ.

މިފެއަރގެ ތެރެއިން، މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށް. އެކުވެރި އަދި އުފާވެރި މާހައުލެއްގައި ހުރިހާ އުމުރެއްގެ މީހުންނަށް އެއްތަނަކުްނ ބައްދަލުވެލައި މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހާމަކުރައްވައެވެ.

މިފެއަރގައި ވިޔަފާރި ސްޓޯލް ތަކުގެ އިތުރުން ސްކޫލް ކުދިންގެ ސްޓޭޖް ހަރަކާތްތަކާއި، ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށް މިއުޒިކް ޝޯ އެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިފެއަރގައި ބެހއއްޓޭ ސްޓޯލް ތަކުގެ ތެރޭގައި ސަރުކާރުގެ އެކި މުވައްސަސާތަކުގެ ސްޓޯލްތައް ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ހަމަކުރައްވައެވެ. މިފަހަރުގެ ފެއަރގައި ފުވައްމުލައް ހޮސްޕިޓަލާއި، ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ އާއި ފުވައްމުލައް ސިޓީ ކައުންސިލް ރެކްރިއޭޝަން ކްލަބް، ފުވައްމުލައް ސިޓީ ޕޮލިސް، ފެނަކަ-ފުވައްމުލައް، ވެމްކޯގެ އިތުރުން އުރީދޫ ގެ ސްޓޯލެއް ވެސް ބެހެއްޓޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !