6 އޭޕްރީލް 2020 ( ހޯމަ )

banner

ހާންޖެ އެޅެ ސަރަހައްދު ބަޔަކު ސާފުކުރަނީ. ގޫގް ސްޓްރީޓް ވިއު: މުހައްމަދު ޝަހީދު

ހާންޖެއެޅެ ސަރަޙައްދުގައި ބާބަކިއު އޭރިއާއެއް ހަދަނީ

ހާންޖެއެޅެ ސަރަޙައްދުގައި ބާބަކިއު އޭރިއާއެއް ހެދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ފުނާޑު އަވަށުގައި އޮންނަ އެ ސަރަހައްދުގައި ބާބެކިއު އޭރިއާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން ވަނީ އާމުކޮށް ބީލަން ހުޅުވާލާފައެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ބަޔަކު ކަނޑައެޅޭނީ ބީލަންފޮތުގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ މައްޗަށް ކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ. މި ބީލަމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުގައި ރަޖިސްޓްރީން ކުރަން 1-10 ޑިސެމްބަރަށް ވަނީ ހުޅުވާލާފައެވެ. ބީލަން ހުޅުވަން ކަނޑައަޅާފައި ވަނީ 17 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިއުލާންނުގައި ވެއެވެ.

ފުވައްމުލަކުގެ ރައްޔިތުން ޕިކްނިކު ދާ ތަންތަނުގައި ސިޓީ ކައުންސިލުން ކުރިން ވެސް ބާބެކިއު އޭރިއާތަކެއް ހަދާފައިވެއެވެ. އެގޮތުން ފުވައްމުލަކު ތޫނޑު ސަރަހައްދު ހިމެނެއެވެ. އޭގެ އިތުރުން ކުރީގައި އަވަށު ކައުންސިލްތަކުގެ ދުވަސްވަރު ބައެއް އަވަށު ކައުންސިލްތަކުން ވެސް އެފަދަ ތަންތަން ގާއިމުކޮށްފައި ވެއެވެ. އޭގެތެރޭގައި ދިގުވާނޑު ކައުންސިލުން އަރުއްފަންނު ގައި ބާބެކިއު އޭރިއާއާއި މާދަޑު ކައުންސިލުން ހެދި ވަލިފަންނު މައިޒާނޏާއި މާލެގަމު ކައުންސިލުން ރަސްގެފަންނުގަިއ ހެދި ބާބެކިއު އޭރިއާ ހިމެނެއެވެ.

ނަމަވެސް މިފަދަ ތަންތަން ބަލަހައްޓަމުން ދާގޮތް ސާފުކޮށް އެނގޭކަށް ނެތެވެ.

ފުވައްމުލައް ސިޓީ ހާންޖެ އެޅެ ސަރަހައްދުކިޔުންތެރިންގެ ޚިޔާލު