22 ޖެނުއަރީ 2020 ( ބުދަ )

އަންހެނުންގެ ތަރައްގީއަސް ސައްކަތް ކުރާ ކޮމެޓީން އިސްނަގަިއގެން ބާއްވާ މޭކަޕް ކޯސް

އަންހެނުންގެ ކޮމެޓީން މޭކަޕް ކޯހެއް ހިންގަނީ

ފުވައްމުލައް ސިޓީ އަންހެނުންގެ ކޮމެޓީން މި ބޮޑު ޗުއްޓީތެރޭގައި މޭކަޕް ކޯހެއް ހިންގުމަށް އިއުލާންކޮށްފިއެވެ. މި މޭކަޕް ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ މި ޑިސެމްބަރު މަހު 19 އިން 21 އަށެވެ.

މި ކޯހުގައި ބައިވެރިންނަށް މޭކަޕް ކުރުމުގެ ހުނަރުތައް ދަސްކޮށްދެއްވާނީ އެފަންނުގެ ތަޖުރިބާކާރު ބޭފުޅަކު ކަމަށް ފުަވއްމުލަކު ސޓީ ކައުންސިލުން ހާމަކުރައްވައެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް  އިއުލާންކޮށްފައި ވެއެވެ.

މިކޯހުގެ ފީއަކީ ބައިވެރިއަކަށް 1000 (އެއް ހާސް) ރުފިޔާއެވެ. ކޯހާއި ބެހޭ އިތުރު މައުލޫމާތު އަންހެންނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު މަރިޔަމް ހަސަން ދިދީއަށް ( 7947766) ގުޅުމުން ލިބޭނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

 


ކިޔުންތެރިންގެ ޚިޔާލު


  1. ފުވައްމުލަކު ކުއްޖެއް 11 ޑިސެމްބަރ 2019 19:12

    ބޭސިކް ފަހަން ދަސްކޮށްދޭ ކޯހެއް ބޭއްވިނަމަ