25 މެއި 2020 ( ހޯމަ )

banner

ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު - 11 ޑިސެމްބަރު 2019

ފުވައްމުލައް ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް ދާދި ދެންމެއަކު ނާއިބު ރައީސް ފައިސަލް ހުޅުވާދެއްވައިފި

ފުވައްމުލަކު ހޮސްޕިޓަލުގެ ޑަލިސިސް ޔުނިޓް ދާދި ދެންމެއަކު ނާއިބު ރައީސް ފައިސަލް ނަސީމު ހުޅުވައިދެއްވައި ފިއެވެ. މިއީ ހޮސްޕިޓަލަށް އިތުރު ކުރެވެނު އެކްސްޓެންޝަން ބަޔަކާއެކު އިތުރަށް ދެވިގެން ދާ ޚިދުމަތެކެވެ. ފުވައްމުލަކު ހޮސްޕިޓަލުން މިޔުނިޓް ހުޅުވުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ވެއެވެ.

މި އެކްސްޓެންޝަން ބައިގެ މަސައްކަތް މިއަހަރު ކުރީކޮޅު ފައްޓަވާދެއްވުމުގެ ރަސްމިއްޔާތު ވެސް އިފުތިތާޙު ކޮށްދެއްވާފައި ވަނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

ނާއިބު ވަނީ ރައީސް މިއަދު ކަނޑުމަގުން ފުވައްމުލަކަށް ވަޑައިގެންފައެވެ. ނާއިބު ރައީސަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކު ބަނދަރަށް ވަޑައިގަތުމަށް ސިޓީ ކައުންސިލުން އާއްމު ދައުވަތެއް އިއްޔެ ނެރެފައި ވެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ރައީށް އޮފީހުގެ މިނިސްޓަރ ސޯޝަލް ކޮމެޓީގެ ކޯޗެއަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި އެމްޓީސީސީ ގެ މެނޭޖިންގ ޑިރެކްޓަރ އަދި މީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އަލަށް މިއަދު ހުޅިވި ޑައިލިސިސް ޔުނިޓް

ދާދި ފަހުން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެއްކުރަން ފަށާފައެވެ. އަދި މިއަދުވެސް ޑައިލިސިސްގެ ޚިދުމަތް އެދި އެ ހޮސްޕިޓަލުގައި ނަން ނޯޓްކުރެވޭނެކަމަށް މައުލޫމާތު ލިބިއެވެ. އަދި އެހޮސްޕިޓަލުގެ 6860658 ނަމްބަރު ފޯން މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވއެވެ.

ޑައިިލިސިސް އަކީ ކިޑްނީ މަސައްކަތް ހުއްޓުމުން މަސްނޫއީގޮތެއްގައި ކިޑްނީގެ މަސައްކަތް ކަމަށްވާ ލޭ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސިއްހީގޮތުން ބޭނުންކުރާ ނިޒާމެވެވެ. ކިޑްނީގެ ބަލީގައި ޑައިލިސިސް ހަދަން ޖެހޭ ފަރާތްތަކުން މިޚިދުމަތް ކޮންމެ ދުވަހަކުން ފެށިގެން 2 ހަފުތާއިން އެއްފަހަރާ ދެމެދުގެ އަދަދަކަށް ހަދަން ޖެހޭ ކަމަށް ވެއެވެ. އަދި މީގެ ކޮންމެ ފަހަރަކުވެސް ވަރަށް ގިން ވަގުތު ހޮސްޕިޓަލުގައި އެނދުމަތިކޮށް އޮންނަން ޖެހެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އަލަށް މިއަދު ހުޅިވި ޑައިލިސިސް ޔުނިޓް

ޑައިލިސިސް އަށް އޮތް ހައްލަކީ ކިޑްނީ ބަދަލުކުރުމެވެ. ނަމަވެސް އެއީ އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިޑްނީ ބަލި ދެނެގަނެވި ޑައިލިސް އަށް ނުގޮސް ކިޑްނީ ބަދަލުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހެނީ ވަރަށް މަދު މީހަކަށެވެ. ކިޑްނީ ބަދަލުކޮށްފައިވާ ގިނަ މީހުން ޑައިލިސިސްގައި ދުވަސްތަކެއް ހޭދަކޮށްފައިވާކަން ފާހަގަ ވެއެވެ.

ވުމާއެކު ޑައިލިސިސް ޚިދުމަތް ރަށުން ލިބުމަށް އެދޭ އެަތައް ބަޔަކު ފުވައްމުލައް ސިޓިައި އެބަތިއްބެވެ. ރާއްޖޭގައި އާންމު ކީޑްނީގެ ބައްޔަކީ ފުވައްމުލަކުގެ މީހުންގެ ކިބައިން ވެސް ފެންނަމުންދާ ބައްޔެކެވެ. ކިޑްނީ ބަލީގައި ފުވައްމުލަކު ބައެއް ފަރާތްތައް ދުނިޔެ ދޫކޮށްފައިވާއިރު ބައެއް މީހުން ކިޑްނީ ޓްރާންސްޕްލާންޓް ހަދައިގެން ހެޔޮހާލުގައި މިހާރުވެސް އުޅެމުން އެބަގެންދެއެވެ. އަދި ބައެއް މީހުން މިހާރުވެސް ޑައިލިސިސް ހަދަމުން އަންނަކަމަށް ވެއެވެ. މި މަރުހަލާތަކުގައި ވަނީ ފުވައްމުލަކުގެ ކިތައް މީހުންކަން އެނގޭނެ ތަފާސް ހިސާބެއް ހާމަކުރެވިފައިވާކަން އެނގޭކަށް ނެތެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު – 11 ޑިސެމްބަރު 2019


ކިޔުންތެރިންގެ ޚިޔާލު