A wide advertisement which will be shown on all devices. (700 x 100)

މިސްކިތްމަގު މާލެގަން ދާއިރާއަށް އަލީ ސައީދު އާއި ޟިރާރު، މާދަޑު މިސްކިތްމަގު، ދިގުވާނޑު ދާއިރާއަށް ފިކުރީ އާއި ޝިއުނާ

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބުގެ މާލެގަން އަދި މިސްކިތްމަގުގެ ބައެއް ހިމެނޭ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ފުވައްމުލަކު ސޭޑީ އަލީ ސައީދު ފޯމް ހުށަހަޅައިފިއެވެ. އަދި މާދަޑު މިސްކިތްމަގު، ދިގުވާނޑު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ފުވައްމުލަކު ހޯސްޓް މުހައްމަދު ފިކުރީ (ބޮޑުރާގެ ފިކުރީ) ފޯމް ހުށަހަޅައިފިއެވެ.

މާލެގަމާއި މިސްކިތްމަގުގެ ބައެއް ހިމެނޭ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ދެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިހާރުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު (އެކޮއި) އެވެ. އަލީ ސައީދު އާއި ޟިރާރުވަނީ ވޭދުވެދިޔަ ހުރިހާ ރަށު ކައުންސިލް އިންތިހާބެއްގައި ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފައެވެ.

މާދަޑު މިސްކިތްމަގު، ދިގުވާނޑު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ދެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މާދަޑު ޝީޝާ މަރިޔަމް ޝިއުނާ އެވެ. މުހައްމަދު ފިކުރީ ވަނީ ގިނަ ދުވަސްތަކެއްވަންދެން ޓްވަރިޒަމް ދާއިރާ އާއި ސިއްހީދާއިރާގެ އިސްމަގާމްތަކެއް އަދާކޮށްފައެވެ. ޝިއުނާ ވަނީ ތައުލީމީ ދާއިރާ އިންނާއި މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަލީ

    ތިމާގެ ޕްރޮފެޝަނަލް ލައިފުން ގާބިލްކަން އެނގޭނެ. އެކަން ނުވާ އަދި ވަޒީފާއަށް ފަރުވާކުޑަ ހާޒިރީ އެހާ ދަށް މީހުން ކުރިމަތިލުމުން އެނގިގެންދަނީ ތިމާގެ ނާގާބިލް ކަމުން އުޅޭ ތަނުންވެސް ބަލައިގެންފައި ނުވާކަމާއި ކުރިމަތި މިލަނީ ހަމައެކަނި ފައިސާއާއި ނަމުގެ ބޭނުމުގައިކަން. މިފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭ.